ހއ. އަތޮޅު ބާރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 31 އަށް އަރައިފިއެވެ.

އެރަށުން މިއަދު ވަނީ އިތުުރު ފަސް މީހަކު ކޮވިޑަށް ފައްސިވެފައެވެ.

އެރަށުން އެންމެ ފުރަތަމަ ކޮވިޑަށް ފައްސިވެފައި ވަނީ ހޯމް ކަރަންޓީނުގައި ތިބި ނުވަ މީހެކެވެ. މި ވޭދަނަތަކާއި ގުޅިގެން އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

އޭގެ ފަހުން އެ މީހުންނާއި ގާތުން އެއްތާވި ހަތަރު މީހަކު ރަށު ތެރެއިން ވަނީ ފައްސިވެފައެވެ. އަދި އޭގެ ފަހުން އެ މީހުންނާއި ގާތުން އެއްތާވި ނުވަ މީހަކުވެސް ވަނީ ފައްސިވެފައެވެ. އަދި އިއްޔެ ހަތަރު މީހަކު އެރަށުން ކޮވިޑަށް ވަނީ ފައްސިވެފައެވެ.

ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 20،000 އަށްވުރެ މައްޗަށް އަރާފައެވެ. އަދި އެ ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 64 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ހާދަ ދެރައޭ ﷲ އަޅަމެން މިނުރައްކަލުން މިންޖުކުރައްވާށި އާމީން