އެސްޓްރާޒެނެކާ އާއި އޮކްސްފޯޑް ޔުނިވަސިޓީ ގުޅިގެން ކޮވިޑުން ރައްކާތެރިވުމަށް އުފެއްދި ކޮވިޝީލްޑް ވެކްސިން ދިން މީހުންގެ ތެރެއިން އޮސްޓްރޭލިއާގައި 50 އަށްވުރެ ގިނަ މީހުންނަށް ލާގަނޑުވުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް އެގައުމުގެ ޑޮކްޓަރުން ބުނުމުން އޮސްޓްރޭލިއާގައި ކޮވިޝީލްޑް ވެކްސިން ދިނުން މަނާކޮށްފިއެވެ.

އޮސްޓްރޭލިއާގެ އެންމެ އިސް ޑޮކްޓަރުން ހިމެނޭ ޓީމަކުން ވަނީ ކޮވިޝީލްޑް ވެކްސިން ދިނުން ހުއްޓާލަން އިއްޔެ ސަރުކާރަށް ލަފާ ދީފައެވެ. ޑޮކްޓަރުންގެ ލަފައާއިއެކު އޮސްޓްރޭލިއާ ސަރުކާރުން ވަނީ ކޮވިޝީލްޑް ވެކްސިން ދިނުން މިހާރު ހުއްޓާލާފައެވެ.

އޮސްޓްރޭލިއާގެ ޑޮކްޓަރުން ލަފާ ދިނީ އުމުރުން 50 އަހަރުން ދަށުގެ އެއްވެސް މީހަކަށް ކޮވިޝީލްޑް ވެކްސިން ނުދޭށެވެ. ނަމަވެސް ސަރުކާރުން ނިންމީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ވެކްސިން ދިނުން ހުއްޓާލާށެވެ.

އޮސްޓްރޭލިއާގެ ހެލްތު އޮތޯރިޓީން ބުނީ މިހާރު ލިބިފައި ހުރި މައުލޫމާތައް ބަލާފައި ވެކްސިން ދިނުން ހުއްޓާލީ ވަގުތީގޮތުން ކަމަށެވެ. ދެން ވެކްސިން ދިނުން ފަށާނީ އިތުރަށް ކަށަވަރު ކުރަން ޖެހޭ މައުލޫމާތުތައް ކަށަވަރު ކުރުމަށްފަހު ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

އޮސްޓްރޭލިއާ އިން މިހާރު ވަނީ ފައިޒާ ވެކްސިންގެ 20 މިލިއަން ޑޯޒަށް ވެސް އޯޑަރު ކޮށްފައެވެ. މިއަހަރު ނިމުމުގެ ކުރިން ފައިޒާ އިން އޯޑަރު ކުރި ހުރިހާ ވެކްސިނެއް އޮސްޓްރޭލިއާ އަށް ލިބޭނެ ކަމަށް ފައިޒާ އިން ވަނީ ބުނެފައެވެ.

އޮކްސްފޯޑް އާއި އެސްޓްރާޒެނެކާގެ ވެކްސިން ބޭނުން ކުރުމުން ލޭ ގަނޑުވުމުގެ މައްސަލަ ކުރިމަތިވާ ކަމަށް އީޔޫގެ ސިއްހަތާއި ބެހޭ އިދާރާ އިން ވެސް ވަނީ ބުނެފައެވެ. އިނގިރޭސިވިލާތުގެ ތަޖުރިބާކާރުން ވެސް މިހާރު ލަފާދީފައި ވަނީ އުމުރުން 30 އަހަރުން ދަށުގެ މީހުންނަށް މިވެކްސިން ނުޖެހުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ަިއިބިލީސް

    އެކަމަކު މި ރާއްޖޭގެ އުޅޭ ޑޮކްޓަރުންނާއި ނަރުހުން ތި އެންމެނަށްވުރެ މޮޅުވާނެ. އަދި ސިޔާސީ މީހުންވެސް. އެމީހުންނަކަށް ވެކްސިން ޖަހައިގެން މަރުވީމަވެސް އެއްވެސް މައްސަލަ އެއް ނުފެނުނު. މަރުވި މީހުން ފަރުވާކުޑަކަމުން މަރުވީއޯ.

  2. ކޮވެލި

    އޮސްޓްރޭލިއާގެޑޮކްޓަރުންނަކީ
    ދިވެ ހި ޑޮކްޓަރުންނަށްވުރެން ފެންވަރުދަށްބައެއް.. ސަބަބަކީ
    ދިވެ ހި ޑޮކްޓަރުންތިފަދައެއްވެސްކަމަކަށް ސަމާލުކަމެއްނުދޭ އަދި ހިރުވާތަން
    ކަ ހާލާ ހެންވެސް ހީއެއްނުވޭ ؟؟ ދެން އަނެއްކަމަކީ އަ ހަރެމެންގެ ލޮބުވެތިސަރުކާރަކީވެސް އޮސްޓްރޭލިއާގެ ސަރުކާރު ހާގަމާރުސަރުކާރެއްވެސްނޫން!
    މިސަރުކާރުންބަލަނީ
    އަދިވެސްއިތުރުމީ ހެއްގެގަޔަށް ތިޔަވެކްސިން ޖެ ހޭތޯ...

  3. ރެފްރީ

    ދިވެ ހިސަރުކާރަށް ހަލާކު ހުރި!!!

  4. ޒާ

    ދިވެހިރާއްޖޭން މިވެކްސިން ދިނުން ހުއްޓުމަށް ގޮވާލަން

    11
  5. ފުވައްމޮލޮކެ ދަށިއަޑި

    ތިފަދަކަމާވިސްނާބައެއް މިދިވެހިރާއްޖެއަކުނެތް! އަހަރެމެން ބޭނުންވަނީ 1000ގޮނޑި!! އެންހާސް ރައްޔިތުންނަށްވުރެން އެންހާސްގޮނޑި މާމުހިންމު! ތިޔަބުނާކޮވިޝީލްޑު ވެކްސިންފުޅީގެ ލޯގޯބަދަލުކޮށްގެންވިއަސް އެވެކްޖަހާނެކަންޔަގީން!! އެހެންނޫނީ މޯދީ ކޯފާވެދާނެ!!