މިއަދު ރާއްޖެ އިން އިތުރު 58 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 2645 މީހުންނެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވީ 36 މީހުންނެވެ. އަތޮޅުތެރޭގައި މީހުން ދިރިއުޅޭ ރަށްތަކުން 11 މީހުން އަދި ރިސޯޓްތަކުން އިތުރު 11 މީހުން މިއަދު ކޮވިޑަށް ފައްސިވިއެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު މިއަދު ވަނީ 62 އަށް މަދުވެފައެވެ.

މިއަދަކީ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

ރާއްޖޭގައި ކޮވިޑް ޖެހިފައި މިހާރު ތިބީ 2645 އަށް މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްސީ

    އެހެންވީމަ ފުރަބަންދު އުވާލީމަ ކޮވިޑް ފެތުރުން މަދުވަނީ ދޯ؟ އެޗްޕީއޭއިން މިކިޔާ އެއްޗެއް ނޭގުނު، އަދުރޭގެ ހިސާބުހެދުން މާރަގަޅު ކަމަށް ފެންނަނީ

  2. ހަވާސާ އިބޫ

    ހެލްތު މިނިސްޓަރ ނަސީމު ބޭނުމެއްނޫން މަގުމަތީގައި ޓެސްޓުހަދާކަށް ހޮސްޕިޓަލުގައި އެޑުމިޓުވާހިސާބުން ޓެސްޓުހަދަން ނަސީމު ލަފާދެނީ އޭރުން ކޮވިޑު ރަގަޅުވާނެޔޯ! ކެރަފާ އާއިލާގައި ނުހުންނާނެ ވިޔާދާ އެކަކުވެސް