މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 124 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 78 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވީ 33 މީހުންނެވެ. އިތުރު 12 މީހަކު މިއަދު ރިސޯޓްތަކުން ކޮވިޑަށް ފައްސިވިއެވެ. އަދި ސަފާރީއަކުން އިތުރު އެކަކު މިއަދު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު އިއްޔެއަށްވުރެ ގިނައެވެ. މިއަދު 2503 މީހަކު ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ.

މިއަދަކީ އޭޕްރީލް މަހުގެ 09 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 122 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

މިހާރު ރާއްޖޭގައި ތިބީ 2585 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު