ރ. އަތޮޅު އުނގޫފާރު ހޮސްޕިޓަލަށް ދެއްކި ޅ. ނައިފަރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.
އެ މީހާ ހޮސްޕިޓަލަށް ދައްކާފައި ވަނީ ބަލީގެ އަލާމާތްތައް ފެނިގެންނެވެ.
އެ މީހާއަކީ ތެޔޮބޯޓެއްގައި މަސައްކަތް ކުރަމުންދާ މީހެކެވެ.
އޭނާ އުނގޫފާރަށް ގެންގޮސްފައި ވަނީ ބަލީގެ އަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް ދެއްކުމަށް ހުއްދަ ހޯދައިގެންނެވެ.
ފަހަކަށް އައިސް ރާއްޖޭގެ ރަށްރަށުގައި ކޮވިޑް-19 ފެތުރޭ މިންވަރު ދުވަހެއް، ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.