ކޮވިޑް-19 ޖެހިގެން ހއ.ދިއްދޫން މީހަކު ނިޔާވެއްޖެއެވެ.

މިއީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި ހަތްވަނަ މީހާއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ދިއްދޫގައި ހުންނަ ހއ.އަތޮޅު ހޮސްޕިޓަލަށް މިއަދު ހެނދުނު ގެންދިޔަ 83 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމަށެވެ. އޭނާ ނިޔާވިކަމަށް ނިންމާފައި ވަނީ ހެނދުނު 08:45 ގައެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 94 އަށް އަރާފައެވެ.

ދެދުވަސް ތެރޭގައި ރާއްޖެ އިން ހަތް މީހަކު ކޮވިޑް ޖެހިގެން ނިޔާވެފައި ވާއިރު އޭގެތެރެއިން ދެމީހަކު ނިޔާވެފައި ވަނީ ރޭ 00:00 ގެ ފަހުންނެވެ. ރޭ 01:39 ގައި 87 އަހަރުގެ ފިރިހެނަކު ކޮވިޑް ޖެހިގެން ނިޔާވެފައެވެ. އޭނާ އަށް ފަރުވާ ދެމުން އައީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ނިޔާވާ މީހުންގެ އަދަދު މިމަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބިލީސް

    ކޮބާތަ ތި ޖެހި ވެކްސިނެއްގެ ބޭނުމެއް. މިމަރުވާ އެއްމެންނަކީ ވެކްސިން ނުޖަހާ މީހިން. ފާޑެއްގެ އެއްޗެއް ހަދައިގެން ހުރިހާ ރައްޔިތުން ގަޔަށް ޖަހައިގެން ހަރާން ވާކަމެއް

  2. ޙަނދާން

    ކޮވިޑް ފުރަތަމަ 2020 މާރޗްގައި ފެތުރެންފެށުމާއެކު މިޤައުމުގެ ބޮޑުވަޒީރު ނަޝީދު ވިދާޅުވި ކޮވިޑްގައި ރާއްޖެއިން 2000މީހުން މަރުވާނެކަމަށް