ކޮވިޑް-19 ޖެހިގެން އަންހެނަކު ނިޔާވެއްޖެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ނިޔާވެފައި ވަނީ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ މީހެކެވެ.

ނިޔާވެފައި ވަނީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއީ މިއަދު ކޮވިޑްގައި ނިޔާވި ފުރަތަމަ މީހާއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 192 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު ދަނީ ދަށެވެ. އެހެން ނަމަވެސް ކޮވިޑްގައި އަދިވެސް ގިނަ ބަޔަކު އަންނަނީ ނިޔާވަމުންނެވެ. އެގޮތުން މި މަހު މިހާތަނަށްވެސް ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު 30 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ނިޔާވި މަހަކީ މެއި މަހެވެ. އެ މަހު އެކަނި ރާއްޖެއިން 88 މީހަކު ވަނީ ކޮވިޑްގައި ނިޔާވެފައެވެ.

ރާއްޖެއިން ނިޔާވި 191 މީހުންގެ ތެރޭގައި ހިމެނެނީ 175ދިވެހިންނާއި 17 ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު