މިއަދު ރާއްޖެ އިން އިތުރު 246 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދަކީ ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ޖެހިޖެހިގެން ދަށަށް ދިޔަ ފަސް ވަނަ ދުވަހެވެ. އަދި މިއަދަކީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން މާލެ އިން ކޮވިޑަށް ފައްސިވީ 88 މީހުންނެވެ. އެހެންކަމުން މިއަދަކީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 137 މީހުން ކޮވިޑަށް ފައްސިވިއެވެ. ހިންގަމުންދާ ރިސޯޓްތަކުން 13 މީހުން އަދި ހަދަމުންދާ ރިސޯޓްތަކުން 08 މީހުން މިއަދު ކޮވިޑަށް ފައްސިވިއެވެ.

މިއަދު 4788 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. އެހެންކަމުން މިއަދު ކޮވިޑަށް ފައްސިވީ ޓެސްޓް ކުރި މީހުންގެ %5 އެވެ. މިއަދަކީ ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވި މީހުންގެ ނިސްބަތް އޭޕްރީލް މަހުގެ 22 ވަނަ ދުވަހަށް ފަހު މިހައި ދަށަށް ދިޔަ ފުރަތަމަ ދުވަހެވެ.

ކޮވިޑް ޖެހިގެން މިއަދު ރާއްޖެ އިން ވަނީ ތިން މީހުން ނިޔާވެފައެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 195 އަށް ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު