ކޮވިޑް-19ގެ ނައްސި ނަތީޖާއެކު މާލެ އިން ލ. އަތޮޅު ފޮނަދޫއަށް ދިޔަ މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒު "ވަގުތު" އަށް ވިދާޅުވީ، ފައްސިވެފައިވަނީ ނައްސި ނަތީޖާ އަކާއި އެކީ މާލެއިން އައި 18 އަހަރުން މަތީގެ މީހެއް ކަމަށެވެ.

އޭނާ ފައްސިވުމާއި ގުޅިގެން މިވަގުތު ގާތުން އެއްތާވި މީހުން ބެލުމުގެ ކަންކަން ކުރިއަށް ދާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ފޮނަދޫ އަށް ދިޔަ މީހަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން މިވަގުތު ގުޅިފައި އޮންނަ ގަންވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މިއީ މި އަހަރު ތެރޭގައި އެ ދެ ރަށް މޮނީޓަރިންގއަށް ލި ތިން ވަނަ ފަހަރެވެ. މީގެ ކުރިން މިދިޔަ ޖެނުއަރި މަހާއި އޭޕްރިލް މަސް ތެރޭގައި ދެ ރަށް މޮނީޓަރިންގއަށް ލިއިރު، އެދެރަށާއި، މާންދޫންވެސް ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަނާޒާ

    ނިއުނޯމަލްވެއްޖެ މިހާރު

  2. މަބޭ

    ނައްސިނަތީޖާ ވިއްކާ ޕްރައިވެޓްލެބްތައް ހުރިވާހަކަ މާލެތެރޭ ގަދަޔައްއެބަދައްކާ މިކަންބަލަނީކާކު!