ހއ. ދިއްދޫން ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ދިއްދޫގައި ހުންނަ އެއަތޮޅު ހޮސްޕިޓަލުން ބުނީ، މިމަހުގެ 17 ވަނަ ދުވަހު އެރަށު ފްލޫ ކްލިނިކަށް ދައްކައި ސުންކު ނެގި މީހެއްގެ ނަތީޖާ މިއަދު ލިބުނުއިރު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

މިއާއި އެކީ އެރަށުގައި މިވަގުތު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 14 އަށް އަރާފައެވެ.

ދިއްދޫން ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މީގެ އެއްމަހެއްހާ ދުވަސް ކުރިން ވެސް އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭރު ފައްސިވެފައިވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހެއް ކަމަށް އަތޮޅު ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ދިއްދޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ ނިޔާވެފައެވެ.