އޮސްޓްރޭލިއާއަށް ބާރުގަދަ ބިންހެލުމެއް އައިސް ގެއްލުންތަކެއް ލިބިއްޖެއެވެ.

އޮސްޓްރޭލިއާގެ "ޖިއޯސައިންސް" އިން ބުނާ ގޮތުގައި ބިންހެލުމުގެ ބާރުމިން ވަނީ 5.9 މެގްނެޓިއުޑްގައި ރެކޯޑް ކުރެވިފައެވެ. ބިންހެލުން އައިސްފައި ވަނީ މެލްބަންގެ ދެކުނު ސަރަހައްދަކަށެވެ. ބާރުގަދަ ބިންހެލުމަށް ފަހު މެލްބަންގެ އިތުރުން އެހެން ބައެއް ބޮޑެތި ސިޓީތަކަށް ވެސް ވަނީ ލޮލުންތައް އައިސްފައެވެ.

ވިކްޓޯރިއަން ސްޓޭޓް އެމަޖެންސީ ސާވިސް އިން ބުނީ ބިންހެލުމުގެ ސަބަބުން ބައެއް މަގުތައް ބަންދުކުރަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން ޓްރެފިކް މައްސަލަތަކެއް ދިމާވެދާނެ ކަމަށް ވެސް އެއިދާރާއިން ބުންޏެވެ.

ބިންހެލުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ މެލްބަންގެ ސެންޓްރަލް ބިޒްނަސް ޑިސްޓްރިކްޓަށެވެ. އެސަރަހައްދުގެ އިމާރާތްތަކުގެ ބައެއް ބައިތައް ވެއްޓިފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

މެލްބަން އަށް މިވަރުގެ ބިންހެލުމެއް ނާންނަތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. އެހެންކަމުން މިއަދު އައި ބާރުގަދަ ބިންހެލުމާއިއެކު މެލްބަންގެ މީހުންނަށް ވަނީ ބޮޑު ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހިފައެވެ. އެއީ އެމީހުން މިފަދަ ކަމެއް ތަޖުރިބާ ކޮށްފައި ނުވާތީއެވެ.

ބިންހެލުމަށް ފަހު އައި ބައެއް ލޮޅުންތައް ވަނީ 4 މެގެނެޓިއުޑްގައި ވެސް ރެކޯޑް ކުރެވިފައެވެ. އަދި ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ލޮޅުންތަކެއް އަރާފާނެ ކަމަށް އޮސްޓްރޭލިއާގެ އިދާރާތަކުން ބުނެއެވެ.

އޮސްޓްރޭލިއާ އަށް އެންމެ ފަހުން ބާރުގަދަ ބިންހެލުމެއް އައިސްފައި ވަނީ 1988 ވަނަ އަހަރު އެވެ. އެއަހަރު އައި ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ 6.6 މެގްނެޓިއުޑްގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަން ރީނދޫ

    الحمد لله.

    2
    1
    • ާަަލަކި

      ކަލޯ ތިހުރީ ހައްދުން ނެއްތިފަ
      ކޮން ދީނަކައް ތި އުޅެނީ

  2. ވެދާނެ

    އެމެރިކާއާއެކު އޯކަސް ހެދީމަ ތިޔަ ކަހަލަ ގޮތްގޮތްވެސް ވެދާނެ. ދުނިޔެއަށް ފޮރުވައިގެން އުޅުނަސް އެފަރާތަކަށް ނުފޮރުވޭނެ އަޑީގަ އޮތް ޕްލޭނެއް.