ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19 ގެ އާ ވޭރިއަންޓް "އޮމިކްރޮން" އަށް 100 ދުވަސް ތެރޭގައި ވެކްސިނެއް އުފެއްދޭނެ ކަމަށް ފާއިޒާ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ، މި އަހަރުގެ ކުރީކޮޅުން ފެށިގެން އިތުރު ވޭރިއެންޓްތަކެއް ފެނިދާނެ ކަމަށް ލަފާކޮށް ސްޓްރެޓެޖީއެއް އެކުލަވާލައިފާ ކަމަށެވެ. އެގޮތުން، ކޮވިޑް-19 އާއި ދެކޮޅަށް ދެމުން ގެންދާ ވެކްސިންތަކުގެ އިމިއުނިޓީ ލެވެލް ދަށްވެއްޖެނަމަ ދެން ކަންތައް ކުރާނެގޮތް އެ ސްޓްރެޓެޖީގައި އެކުލަވާލައިފާ އެ ކުންފުނިން ބުނެފައި ވެއެވެ.
ކޮވިޑް-19 ގެ އާ ވޭރިއެންޓް "އޮމިކްރޮން" އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
"ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ވެކްސިން އުފައްދައި، ޓެސްޓް ކުރުމުގެ މަސައްކަތް ކުރިޔަށްދާނެ" އެ ކުންފުނިން އިތުރަށް ބުނެފައިވެއެވެ.
އިއްޔެ ދުނިޔޭގެ ސިއްހަތު ޖަމުއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ މި ވޭރިއެންޓް އަކީ "ކަންބޮޑުވާ" ވޭރިއެންޓެއް ގޮތުގައި ކަނޑައަޅާފައެވެ. ކޮވިޑް-19 ގެ އާ ވޭރިއަންޓް "އޮމިކްރޮން" އެންމެ ފުރަތަމަ ފެނިފައިވަނީ ދެކުނު އެފްރިކާއިންނެވެ. މިކަމާއި ގުޅިގެން އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި އެމެރިކާ ފަދަ ގިނަ ގައުމުތަކުން މިހާރު ދަނީ ޔޫރަޕްގެ ގިނަ ގައުމުތަކަށް ދަތުރުކުރުން ވަގުތީ ގޮތުން މަނާކުރަމުންނެވެ.
ތިވޭރިއަންޓްގެ އަލާމަތްތަކާ މަރުވާރޭޓާއި ސްޕްރެޑް ލެވަލްއަކީ ކޮބާ؟ ހަބަރުން ލިބޭ މައުލޫމާތު ވަރަށް މަދު
އިތުރަށް އޮންނާނެ މައުލޫމާތެ އޮންނާނެތަ.. ބަންދު ތެރޭގައި ވެކްސިނާއި ޓެސްޓް ކިޓް ވިކަން ކުރާހާ ކަންކަން އެއީ..
ވެކްސިން އުފައްދާމީހުން މިއޮތީ ރަނަގަޅު މާކެޓެއް ހޯދާފަ.
ވަގު ޑޮކްޓަރުން ނާއި ވަގު ސިޔާސީ މީހުން ނާއި ވަގު ވިއަފާރި ވެރިން ނަން ރަނުގެ ފުރުސަތުތަކެކެވެ.