އިސްރާއީލުގައި ތިބި ޔަހޫދީންނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ދީފިއެވެ.

ހިޒްބުﷲއިން މިފަދައިން ބުނެފައިވަނީ އިސްރާއީލުން ލުބުނާނަށް ދިން ހަމަލާއެއްގައި ހިޒްބުﷲގެ މެމްބަރަކު މަރާލުމާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އެގޮތުން ހިޒްބުﷲއިން ބުނެފައިވަނީ އެފަރާތްތަކުން އިސްރާއީލަށް ބަދަލު ހިފުމުގެ ގޮތުން ހަމަލާތަކެއް ފޮނުވާނެ ކަމަށެވެ.

އެފަދަ އިންޒާރެއް ދިން ނަމަވެސް ހިޒްބުﷲ އިން އިސްރާއީލަށް ހަމަލާ ފޮނުވާލާނެ ވަގުތެއް ހާމަ ކޮށްފައެއް ނުވެއެވެ.

ހަމާސްއާއި އިސްރާއީލް ދެމެދު ހިނގަމުން އަންނަ ހަމަލާތަކާއި ގުޅިގެން ލުބުނާނުން ވެސް ވަނީ އިސްރާއީލަށް ހަމަލާތަކެއް ފޮނުވާލާފައެވެ. ލުބުނާނުން ފޮނުވާލި ހަމަލާއެއް އިސްރާއީލްގެ އަސްކަރީ ޕޯސްޓަކަށް އަމާޒުވެފައިވާ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

މިއަދު އިސްރާއީލުން ފޮނުވާލި ހަމަލާއަކީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ފޮނުވާލާފައިވާ ހަމަލާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގައުމު

    ސާބަހޭ ހިޒްބުﷲ އަދި ހަމާސް ގެ މުޖާހިދުނައް ސާބަސް އެންމެ ތަންފުކެއްވެސް ދޫނުދީ ޔަހޫދީން ނެތިކޮއްލާ ހުރިހާ މުސްލިމުންގެ ދުޢާ ވަނީ ތިދެ ލަޝްކަރާއެކު

    50
    1
  2. އަޅި އަލީ

    ހިޒްބﷲ އަކަށް ނުވާނެ ހުސް އަޅި ބުރުވަނީ! ހަމާސް އިން އިޒްރޭލް ފުނޑާއިރުވެސް ހިޒްބުﷲ ނިދާފަ! ހަމަ ހުސްއަޅި

    12
    6