ރައްކާތެރި ގޮތުގައި އެންޓިބަޔޮޓިކް ބޭނުން ކުރުމަކީ ވަރަށް މުހިއްމު ކަމެކެެވެ. އެހެންނަމަވެސް ކޮންމެ ކަމަކަށްވެސް ވަކި އިމެއް އޮންނާނެއެވެ. އެއިމުން ބޭރުވެއްޖެނަމަ ގިނަ ފަަހަރު ބޮޑަތި މައްސަލަތަކާ ކުރިމަތިވެއެވެ.

ބަލިވުމުން ކޮންމެ ފަހަރަކު ޑޮކްޓަރަށް ނުދައްކާ ބޭސް ނަގައިގެން ކެއުމަކީ އެއްގޮތަކަށް ވެސް ރަނގަޅުކަމެއް ނޫންކަމަށް ސިއްހީ މާހިރުން ބުނެއެވެ. އެއް ބައްޔަކަށް އެކަކު ކާ ބޭހަކީ އަނެކަކަށް އެންމެ އެކަށީގެންވާ ބޭހަށް ނުވެދާނެއެވެ. ހަށިގަނޑާއި ނުގުޅޭ ބޭސްތައް ބޭނުންކޮށް ފުރާނަ ނުރައްކަލެއްގެ ތެރެއަށް ވައްޓާލުމުގެ ބަދަލުގައި ޑޮކްޓަރުގެ ލަފައާއެކު ބޭސް ބޭނުންކުރުމަށް އާދަކުރަން ޖެހެއެވެ.

މިގޮތަށް ޑަކްޓަރަށް ނުދައްކާ އާއްމުކޮށް ކާބޭހަކީ އެންޓި ބަޔޮޓިކްއެވެ. މާގިނައިން އެޓްބަޔޮޓިކް ބޭނުން ކުރުމަކީ އެއްގޮތަކަށް ވެސް ރައްކާތެރިކަމެއް ނޫނެވެ. މާގިނައިން އެންޓިބަޔޮޓިކް ބޭނުންކުރުމުން ހަށިގަނޑުގައި އާއްމުކޮށް ހުންނަ ރަނގަޅު ޖަރާސީމުތައް މަރުވެއެވެ. އަދި ބަލިތަކަށް ނުގުޑާކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ. އެހެން ބޭސްތަކުގެ އަސަރު ކުޑަކޮށް، އެލާޖިކްވުން ފަދަ ނުރަނގަޅު އަސަރުތައް ހަށިގަނޑުގައި އިތުރުވުމުގެ އަސްލަކަށް އެންޓިބަޔޮޓިކްސް ވާކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

ޑޮކްޓާރަށް ނުދައްކާ އެންޓިބަޔޮޓިކްސް ބޭނުން ކުރުމަކީ ދިވެހިންގެ ތެރޭގައި ވެސް މިހާރު ވަރަށް އާއްމުކަމެކެވެ. ވީއިރު އެންޓިބަޔޮޓިކް މާގިނައިން ބޭނުން ކުރުމަކީ ހަށިގަނޑަށް އެންމެ ރައްކާތެރިގޮތް ނޫންކަމުން އެންޓިބަޔޮޓިކްސް ބޭނުން ކުރާއިރު ޑޮކްޓަރުންގެ ލަފާ ހޯދާށެވެ.

އަދި ހަމަ އެހެންމެ އެންޓިބަޔޮޓިކް ބޭސްގެ ޑޯސް ހަމަކުރަން ހަދާން ކުރަންވާނެއެވެ. ނޫނީ ބެކްޓީރިއާތަށް ދެވަނަ ފަހަރަކު އެ އެންޓިބަޔޮޓިކްއަކުން މަރެއް ނުވާނެވެ.

ކިޔުންތެރިންގެ ހިޔާލު