މިހާރު ކޮންމެ މީހަކީވެސް ވަރަށް ބިޒީ މީހެކެވެ. ދިރިއުޅުމުގެ ކަންކަމުގައި މަސްޣޫލުވެ އުޅޭ އުޅުމުގައި މޫނުގެ ހަންގަނޑަށް ދޭންޖެހޭވަރަށް ސަމާލުކަން ނުދެވޭތަން އާދެއެވެ. މިހެން މިކަން ވުމުގެ ސަބަބުން ހަންގަނޑު މޯޅިވެ މީހާގެ މޫނުމަތިން ވަރުބަލިކަމަށް ދައްކައެވެ.

މޫނުމަތި އުޖާލާކޮށް ބެހެއްޓުމަށްޓަކައި ކުރެވޭނެ ކަންތައްތަކެއް އެބަހުއްޓެވެ. ތަފާތު އެކި ކެމިކަލްތައްް އެކުލެވޭ ބޭސްތައް ކައި، މީހާގެ ހަންގަނޑު ހަލާކުކޮށްލުމުގެ ބަދަލުގައި ގޭގައި ފަސޭހައިން ލިބޭނެ ތަކެތި ބޭނުން ކޮށްގެން މިތަނުން ފޭސް މާސްކެއް ތައްޔާރުކޮށްލާށެވެ.

ލުނބޮލާއި އަލުވި މާސްކު

ބޭނުންވާނެ ތަކެތި
1 އަލުވި
½ ލުނބޯ (ޖޫސް)

ތައްޔާރުކުރާނެ ގޮތް
މިކްސްޗަރަށް އަލުވިކޮޅު އަޅާލުމަށް ފަހު ހިމުން ކޮށްލާށެވެ. އެއަށް ފަހު ލުނބޯ ޖޫސްކޮޅާއި ހިމުންކުރި އަލުވިކޮޅު ރަނގަޅަށް އެއްކޮށްލާށެވެ.

20 މިނެޓު ވަންދެން މޫނުގައި ހާކާފައި ބަހައްޓުމަށް ފަހު ފެނުން ދޮވެލާށެވެ. މިއީ މޫނުމަތި އަލިކޮށް ސާފުކޮށްލުމަށް ކުރެވިދާނެކަމެކެވެ.

ކިއުކަމްބާ މާސްކު

ބޭނުންވާނެ ތަކެތި
1 ކިއުކަމްބާ
1 ބިސް

ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ބިސްކޮޅު ގޮބޮޅި ގަނޑާއިއެކު ރަނގަޅަށް ގިރާލާށެެވެ. އެއަށްފަހު ކިއުކަމްބާ ކޮޅު ގާނާލާށެވެ. ގޭނި ކިއުކަމްބާ އިން 2 ސަމްސާ ނަނގާ ގިރާލި ބިސްކޮޅާއި އެއްކޮށްލާށެވެ. ކިއުކަމްބާ މާސްކު 15 މިނެޓް ވަންދެން މޫނުގައި ހާކާފައި ބަހައްޓަން ވާނެްއެވެ.

ލުނބޯ މާސްކު

ބޭނުންވާނެ ތަކެތި
1 ބިސް
1 ސައިސަމްސާ މާމުއި
1 ސައިސަމްސާ ކިރު
1 ސައިސަމްސާ ލުނބޯ (ލުނބޯ ދިޔަ)

ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ބިސްކޮޅު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު މާމުއި އާ ކިރު އަދި ލުނބޯކޮޅު ރަނގަޅަށް އެއްކޮށްލާށެވެ. އެގޮތަށް ތައްޔާރު ކުރުމަށްފަހު މޫނުގައި ހާކާލާށެވެ. 15 ވަރަކަށް މިނެޓް ވަންދެން މޫނުގައި ހާކައިފައި ބަހައްޓަން ވާނެއެވެ. .

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިތައްދުވަހުން އުގުޅަންޖެހޭ ހެއްޗެއްކަން ބުނެދީފަ އިންނަމަ ދޯ

  2. ފެން ބޯ ބަލަ.