އަހަރެމެންގެ އުފަން ދުވަހަކީ ކޮންމެ އަހަރެއްގައިވެސް އެއް ފަހަރާ ކުރިމަތިލާން ޖެހޭ ދުވަހެކެވެ. އާދައިގެ ގޮތެއްގެ މަތިން އަހަރެމެން އެންމެންގެ އުފަން ދުވަސްވެސް ދެމިގެން ދާނީ އެންމެ 24 ގަޑި އިރަށެވެ. އެއީ އެންމެ ދުވަހެކެވެ. ނަމަވެސް، ޖަރުމަން ވިލާތަށް ނިސްބަތްވާ މި މީހާގެ އުފަން ދުވަސް ވަނީ އެންމެ ދުވަހެއްގެ ތެރޭގައި 46 ގަޑި އިރަށް ދެމިގެން ގޮސްފައެވެ.

މިހެން ބުނުމުން ބައެއް މީހުންނަށް ސިހުމެއް ލިބި މިއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫނޭ ބުނުމަކީ އެކަށީގެންވާ ކެމެކެވެ. އެހެން ނަމަވެސް، ސްވެން ހަގަމެއިޔާ ނަމަކަށް ކިޔާ މި މީހާ އަކީ ދުނިޔޭގެ އެންމެ ދިގު އުފަންދުވަސް ތަޖުރިބާ ކޮށްފައިވާ މީހާ އަށް ވުމުން އޭނާ އަށް ވަނީ ޖިނީސް ވޯލްޑް ރެކޯޑް ފޮތުނޖާގައެއްވެސް ލިބިގެން ގޮސްފައިކަން ފާހަގަ ކޮށްލެވެއެވެ.

ސްވެން

އެނގޭނޭ ފަދައިން ދުނިޔޭގެ އެއް ކޮޅަށް އިރު އަރާ އިރުގައި ދުނިޔޭގެ އަނެއް ކޮޅަށް އެއީ ރޭގަނޑެވެ. މިކަމަށް ވިސްނައިގެން ސްވެން ވަނީ އޭނާގެ އުފަން ދުވަހު ނިއު ޒިލެންޑުން ފުރައިގެން އޮސްޓްރޭލީ އަށް ދަތުރު ކޮށްފައެވެ. އަދި އެތަނުން އޭނާ ވަނީ މަޑު ނުޖެހި ހަވާއީގެ ހޮނުލުލޫ އަށް މިސްރާބު ޖަހާފައެވެ. މި ދަތުރުގެ ދިގު މިނަކީ ޖުމްލަ 46 ގަޑި އިރު ކަމުގައި ވާއިރު، އޭނާ ދަތުރު ކުރި ހިސާބުތަކުގައި އެ 46 ގަޑިއިރުވެސް ތާރީޙަށް ބަދަލެއް ނާދެއެވެ. މިއާއިއެކު ސްވެން ވަނީ ދުނިޔޭގެ އެންމެ ދިގު އުފަންދުވަސް ތަޖުރިބާ ކުރި މީހާގެ ރެކޯޑް ލިބިގެންފައެވެ.

ސްވެން މި ރެކޯޑް ހަދާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ކަމުގައި ވާއިރު، އޭގެ ކުރިން މި ރެކޯޑް އޮތީ ޕާކިސްތާނުގެ ނަރްގިސް ބިމްޖީ ކިޔާ އަންހެނެއް އަތުގައެވެ. ނަރްގިސްގެ އުފަންދުވަސް ވަނީ 35 ގަޑި އިރާއި 25 މިނެޓެއް ދެމިގެން ގޮސްފައެވެ.