ބަރުދަން ލުއި ކުރުމަށް އެތަކެއް މަސައްކަތްތަކެއް ކުރަމުން ގެންދާއިރު ވެސް އޭގެ އެދެވޭ ނަތީޖާއެއް ނުފެނި، މާޔޫސްވާން ޖެހޭ ފަހަރު ފަހަރު އާދެއެވެ. މިކަމުގެ ފަހަތުގައި ވަނީ، ތިމާގެ ނިދުން ބައްޓަން ކުރާ ގޮތްކަމަށް ވުން ވެސް ހަމަ ގާތެވެ. ނިދުމުގެ ކުރިން އެ ކުރެވޭ "ކޫސަނި" ކަންތައްތަކެއްގެ ސަބަބުން، ތި ކުރާ މަސައްކަތްތައް ފެނަށް ދިއުމަށް މަގުފަހި ވެސް ވެދާނެއެވެ.

އެމެރިކާގެ މައްޝޫރު ޑައިޓީޝަނެއް ކަމުގައިވާ ޖެސިކާ ސްޕެންޑްލަވް މި ވަނީ ދާދި ފަހުން، ފިޓް މީހަކަށް ވުމަށްޓަކައި ނިދުމުގެ ކުރިން ނުކުރަންޖެހޭ ބައެއް ކަންތައްތައް ހާމަކޮށްފައެވެ.

Another mistake Ms Spendlove explained that people make is training to close to your bed time

 

ފުރަތަމަ ކަމަކަށް، ނިދިހަމަ ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އޭނާ ބުނެފައި ވެއެވެ. އަދި ރޭގަނޑު ލަހުން ނިދާފައި، ފަތިހު އަވަހަށް ހޭލާ، ކަސްރަތު ކުރިޔަސް އޭގެ ފައިދާއެއް ނުކުރާނެކަމަށާއި އޭގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ، ރޭގަނޑު އަވަހަށް ނިދައި ފަތިހު ފަތިހާ ތެދުވެ ކަސްރަތު ކުރުން ކަމަށް ވެސް އޭނާ ބުންޏެވެ.

އަނެއް ކަމަކަށް ޖެސިކާ ފާހަގަ ކޮށްފައިވަނީ ރޭގަނޑު ނުކައި ނިދުމެވެ. މިއީ ވަރަށް ގިނަ ބައެއްގެ އާދައެއް ވެސް މެއެވެ. “ނުކައި ނިދުމަކީ އިތުރަށް މީހާ ވަރުބަލިކޮށް، ހަކަތަ ނެތިކުރުވާނެ ކަމެއް. ކުޑަކޮށް ނަމަވެސް ޕޮރޮޓީން ހިމެނޭ ބާވަތެއްގެ އެއްޗެއް ކައިގެން ނިދުން އެންމެ ބުއްދިވެރި ގޮތަކީ. އަދި ކައި ނިމޭ ގޮތަށް ނިދުމުގެ ބަދަލުގައި، ކައި ނިމުމަށްފަހު ގާތްގަނޑަކަށް ތިރީހަކަށް މިނެޓް މަޑުކޮށްލަން ވާނެ.” ޖެސިކާ އިތުރަށް ބުންޏެވެ.

ފަހު ކަމަކަށް ޖެސިކާ ފާހަގަ ކޮށްފައިވަނީ ނިދަން ގާތްވުމުން ފޯން ފަދަ އިލެކްޓިކަލް ޑިވައިސް ތަކާއި ދުރުވުމަށެވެ. އެއީ އޭގެން އެޅޭ އައްޔެއްގެ ސަބަބުން ސިކުނޑިއަށް އަރާމު ލިބުމަށް ހުރަސް އެޅި ނިދުމަށް ދަތިވާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތީކޮންފޮތަކުން ކިޔަވައިގެންއުޅޭބައެއްތަ، ތިކިޔާއެއްޗެއް ދުވަހަކުވެސް ދިމާނުވެ

  2. ރަގަނޅު ވާހަކައެއް ތަބުނީ ތަކުއްޖާ.....!!!