ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރުމާގެ 36 ވަނަ އުފަންދުވަހާއި ގުޅުވައިގެން ފިރިމީހާ ވިރާޓް ކޯލީ ވަރަށް ލޯބި މެސެޖެއް ދީފިއެވެ.

އަނުޝްކާގެ ވަރަށް ރީތި ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކުރަމުން ވިރާޓް ބުނެފައިވަނީ އަނުޝްކާ އޭނާގެ ހަޔާތަށް ނައި ނަމަ ވާނެ ގޮތެއް ނޭނގޭ ކަމަށާއި އަނުޝްކާ އަކީ އެއާއިލާގެ އަލިކަން ކަމަށެވެ. އަދި އެއާއިލާ އިން އަނުޝްކާ ދެކެ ވަރަށް ލޯބިވާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި އަންހެނުންނަށް ވަރަށް އުފާވެރި އުފަންދުވަހަަކަށް އެދިފައިވެއެވެ.

އަނުޝްކާ އާއި ވިރާޓް އެންމެ ފުރަތަމަ ދިމާވީ ޝޭމްޕޫ އިޝްތިހާރެއް ކުޅުމަށް ދިޔަ ޝޫޓިންގއަކުންނެވެ.

އޭގެ ފަހުން ދެމީހުން ވަނީ ލޯބިގެ ގޮތުން ގުޅިގެން އެތައް އަހަރެއް ވަންދެން އުޅުމަށްފަހު 2017ގައި އިޓަލީގައި ކައިވެނި ކޮށްފައެވެ.

ކައިވެންޏަށް ހަތް އަހަރު ވެފައިވާއިރު މި ދެމަފިރިންނަށް ވަނީ ދެ ދަރިންވެސް ލިބިފައެވެ. ފުރަތަމަ އަންހެން ދަރިފުޅު ވަމީކާ ލިބުނީ ޖެނުއަރީ 2021ގައެވެ. ދެވަނަ ދަރިފުޅު އަކޭ ލިބިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ.

އަނުޝްކާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ރަބް ނޭ ބަނާ ދީ ޖޯޑީ، ޕީކޭ، ބޭންޑް ބާޖާ ބާރަތު، ސުލްތާން އަދި އޭ ދިލް ހޭ މުޝްކިލް ފަދަ ފިލްމުތަކުންނެވެ.

މަސައްކަތުގެ ގޮތުން ބަތަލާ ދެން ފެނިގެންދާނީ އަންހެން ދަރިފުޅު ވަމީކާ ވިހެއުމަށްފަހު އޭނާގެ ފުރަތަމަ ޕްރޮޖެކްޓް ކަމަށްވާ ސްޕޯޓްސް ބައޮޕިކް ޗަކްދާ އެކްސްޕްރެސް އިންނެވެ. މި ފިލްމަކީ ކްރިކެޓް ކުޅުންތެރިޔާ ޖުލާން ގޯސްވާމީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އަދި އޭނާގެ ބޭބެ ކަރްނޭޝް ޝަރްމާ ޕްރޮޑިއުސްކުރި ނެޓްފްލިކްސް ފިލްމު "ގަލާ" ގައި ވެސް ފެނިގެން ގޮސްފައިވެއެވެ.