ބިގްބޮސް 16 އިން މަޝްހޫރުކަން ހޯދި ތަރިއެއް ކަމަށްވާ އަބްދުލް ރޯޒިކް އަންނަ ޖުލައި މަހު މީހަކާ ކައިވެނި ކުރަން އުޅޭކަން އިއުލާންކޮށްފިއެވެ.

އުމުރުން 20 އަހަރުގެ އަބްދުލް އާންމު ކުރި ވީޑިއޯއެއްގައި އޭނާ ބުނެފައިވަނީ އޭނާއަށް ހަޤީގީ ލޯބި ފެނިއްޖެ ކަމަށާއި ލޯބިވެރިޔާއާއި އަންނަ ޖުލައިގައި ކައިވެނި ކުރަން ނިންމާފައިވާ ކަމަށެވެ. އެ ވީޑިއޯގައި އޭނާ ވަނީ އެންގޭޖްމެންޓް އަނގޮޓި ވެސް ދައްކާލާފައެވެ. ވީޑިއޯގައި އޭނާ ފެނިގެންދަނީ ވަރަށް ރީތިވެލައިގެން ކަޅު ކޯޓެއް ލައިގެން ހުއްޓައެވެ.

 

View this post on Instagram

 

A post shared by Abduroziq Official (@abdu_rozik)

އުމުރުން 20 އަހަރުގެ އަބްދުލް ބުނީ އޭނާ ދެކެ ލޯބިވާ އޭނާއަށް އަޅާލާ ލޯބިދޭނެ ރަނގަޅު ބައިވެރިއަކު ލިބޭނެ ކަމަށް ދުވަހަކު ވެސް އުންމީދު ނުކުރާ ކަމަށާއި މިއަދު އެފަދަ ބައިވެރިއަކު ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި އޭނާއަކީ ވަރަށް ނަސީބުވެރި މީހެއްގެ ގޮތުގައި އޭނާ ދެކޭ ކަމަށް ވަނީ ބުނެފައެވެ. އަދި ޖުލައި 7 ވަނަ ދުވަހަކީ ވަރަށް ހާއްސަ ދުވަހެއް ކަމަށާއި އެދުވަހު އޭނާގެ ކައިވެނި އެބައޮތްކަމަށް އޭނާ ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ކައިވެނި ކުރާނީ އިންޑިއާގެ ޝާރުޖާގެ އުމުރުން 19 އަހަރުގެ އާމިރާއެވެ. މި ކައިވެނި ބޭއްވުމަށް ހަމަޖެހިފައިވަނީ އަރަބި އެމިރޭޓްސްގައެވެ.

އަބްދުއްރޮޒިކްގެ ކައިވެންޏަކީ ލޯބީގެ ކައިވެންޏެއް ކަމަށް މެނޭޖްމަންޓް ކުންފުނި އައިއެފްސީއެމް (އިންޓަނޭޝަނަލް ފައިޓިން ޗެމްޕިއަންޝިޕް މެނޭޖްމަންޓް) އިން ވަނީ ކަށަވަރުކޮށް ދީފައެވެ. ދާދި ފަހުން އެ ދެމީހުން ވަނީ އެންގޭޖްވެފައެވެ. ނަމަވެސް ކައިވެނީގެ އެހެން ހުރިހާ ކަމެއް ފޮރުވައިގެން ތިބުމަށްފަހު މިވަނީ ސިއްރު ހާމަކޮށްފައެވެ. އެދެމީހުން އެންގޭޖްވި ކަމެއްވެސް މީޑިޔާއަށް ހާމައެއް ނުކުރެއެވެ.

އަބްދުލްގެ ކައިވެނީގެ ހަބަރާއި ގުޅިގެން ގިނަ ތަރިންނާއި ލަވަކިޔުންތެރިން ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މަރުޙަބާ ޢަބްދުލް. ތަނަވަސްކަމާއި ބާއްޖަވެރިކަން ހުރި ކައިވެންޏަކަށް އެދި ދުޢާކުރަން

    11