އެންމެ ތިން ރޭ ޑިއުޓީ އަދާ ކުރުމުގެ ސަބަބުން ހަކުރު ބައްޔާއި އޮބެސިޓީ އަދި އެހެނިހެން މެޓަބޮލިކް ޑިސްއޯޑާފަދަ އެތައް ބައްޔެއް ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ ވޮޝިންޓަން ސްޓޭޓް ޔުނިވާސިޓީގެ ސައިންސްވެރިން ބުނި ގޮތުގައި ރޭގަނޑުގެ ޝިފްޓްތަކުގެ ސަބަބުން ލޭގެ ގުލްކޯޒް ރެގިއުލޭޝަނާ ގުޅުން ހުރި ހަށިގަނޑުގެ ޕްރޮޓީން ރިދަމްތައް ހަލާކުވެދާނެއެވެ. އަދި މީގެ އިތުރުން ހަކަތައިގެ މެޓަބޮލިޒަމް އާއި އިންފްލެމޭޝަން އަށް ވެސް ހުރަސް އެޅޭ ކަމަށްވެސް ބުނެފައި ވެއެވެ.

ޖާނަލް އޮފް ޕްރޮޓިއޯމް ރިސާޗްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި އެ ޓީމުން ވަނީ "ސިކުނޑީގައި ހުންނަ މާސްޓާ ބަޔޮލޮޖިކަލް ކްލޮކް" ގެ ވާހަކަ ކިޔާދީފައިވާއިރު، އެއީ ދުވާލާއި ރޭގަނޑު ހަށިގަނޑަށް ރިދަމްތަކަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުންނެވެ.

މިކަން "ޑިސްރެގިއުލޭޓް" ވުމުން ސްޓްރެސް އުފެދި ދިގު މުއްދަތަކަށް ސިއްހަތަށް ގެއްލުންވާ ކަމަށް ޕްރޮފެސަރު ހާންސް ވެން ޑޮންގެން ވިދާޅުވިއެވެ.

މީގެ އިތުރުން ވެން ޑޮންގެން ފާހަގަކުރައްވާ ގޮތުގައި އެންމެ ތިން ރޭ ޑިއުޓީއަކީ ރިދަމަށް ހުރަސް އެޅުމަށާއި ސިއްހީ ނުރައްކާތައް ބޮޑު ކަމެއް ކަމަށާއި އެކަމުން އެނގެނީ ހަކުރު ބައްޔާއި އޮބެސިޓީ އިން ރައްކާތެރިވުމަށް އަވަސް އިންޓަވެންޝަނެއް ކުރެވިދާނެ ކަމަށެވެ.

މީގެ އިތުރުން، ޝިފްޓް ވޯކްގެ ސަބަބުން ލޭގެ ޕްރެޝަރަށް އެޑިޓިވް ނެގެޓިވް އަސަރެއް ކޮށް، ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް މީގެ ކުރިން ކުރި ދިރާސާތަކުން ދައްކާފައި ވެއެވެ.