ބޮލީވުޑްގެ މަޝްހޫރު ޖޯޑެއް ކަމަށްވާ ޔާމީ ގޯތަމް އާއި އަދިތުޔާ ދަރް އަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.

ދަރިޔަކު ލިބުނު ވާހަކަ ހިއްސާކޮށްފައިވަނީ އެމީހުންގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައެވެ. އަދި ދަރިފުޅަށް ނަން ވެސް ވެސް ކިޔާފައިވާ ކަމަށް ބުނެފައިވެއެވެ. ފަރިފުޅުގެ ނަމަކަށް ކިޔާފައިވަނީ ވެދާވިދް ގެ ނަމުންނެވެ.

އެ ޕޯސްޓްގައި ބުނެފައިވަނީ ސޫރިޔާ ހޮސްޕިޓަލްގެ ކުޅަދާނަ ޑޮކްޓަރުންނާއި ނަރުހުންނާއި ސްޓާފުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މަންމަ އާއި ބައްޕަ އަކަށްވި އިރު ދަރިފުޅާ ދޭތެރޭގައި ކުރާ އުންމީދުވެސް ފާހަގަ ކޮށްފައެވެ.

އެމީހުންގެ ދަރިފުޅަކީ އާއިލާއަށާއި ގައުމަށް ލިބޭނެ ފަހުރަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައިވެއެވެ.

އެ ޕޯސްޓް ޝޭއާ ކުރުމާއެކު ވަރަށް ގިނަ ތަރިން ވެސް ވަނީ މަރުހަބާ ކިޔާފައެވެ.

ބަތަލާ އާއި އޭނާގެ ފިރިމީހާ އަދިތްޔާ ދަރު ވަނީ ފިލްމު "އާޓިކަލް 370" ގެ ޓްރެއިލާ ލޯންޗް ކުރުމުގެ ތެރެއިން ބަލިވެ އިނުމުގެ ޚަބަރު ކަށަވަރުކޮށްދީފައެވެ.