ދެހާސް ދެވަނަ އަހަރު ސަންޖޭ ލީލާ ބަންސާލީގެ މަޝްހޫރު ފިލްމް "ދޭވްދާސް" އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގްބޫލު ކަމެއް ހޯދައިފައިވާ ފިލްމެކެވެ.

ޝާހް ރުކް ޚާން އާއި އައިޝްވާރިޔާ ރާއި އަދި މަދޫރީގެ ތަފާތު އަދި ވަރަށް މޮޅު އެކްޓިންއެެއް ވެސް މި ފިލްމުން ފެނިފައިވެއެވެ.

މި ފަހުން ބޮލީވުޑް ހަންގާމާގައި ދިން އިންޓަވިއުއެއްގައި ފިލްމުގެ ޑައިރެކްޓަރު ބުނެފައިވަނީ، ކުރީގެ ތަރިން އެ ފިލްމު ގެނެސްދިން ގޮތާއި ކައިރިއަށްވެސް އެހާ ފުރިހަމަ ގޮތުގައި މިހާރުގެ ތަރިންނަށް ނުގެނެސްދެވޭނެ ކަމަށެވެ.

"ދޭވްދާސް" އަކީ 1917 ވަނަ އަހަރު ސަރަތު ޗަންދްރާ ޗައްޓޯޕަދްޔާ ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ހީރަމަންދީއަށް ލިބުނު ޝަރަފުވެރި ކާމިޔާބީއަށް ފަހު ޑައިރެކްޓަރު މިހާރު ދަނީ އޭނާގެ ދެން އަންނަ ފިލްމު "ލަވް އެންޑް ވޯ" ގެ ޝޫޓިން އަށް ތައްޔާރުވަމުންނެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރުގައެވެ.