ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ޚާން ކާރުން ފައިބަން އުޅެނިކޮށް ވެއްޓެންދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

އިއްޔެ ކަރީނާ މުމްބާއީން ފެނިފައި ވަނީ މިހާރު ކުރިއަށްދާ ލޯކް ސަބާ 2024 ގެ އިންތިހާބުގައި ވޯޓު ދިނުމަށް ދިޔަ މަގުމަތިންނެވެ. އޭނާއާއެކު އޭނާގެ ފިރިމީހާ، އަދި އެކްޓަރު ސައިފް އަލީ ހާން ވެސް ފެނިގެން ގޮސްފައިވެއެވެ.

ވޯޓުލާން ދިޔުމަށްޓަކައި ކާރުން ފައިބަނިކޮށް ކަރީނާ ވެއްޓެންދިޔަ ނަމަވެސް އޭނާ ވަނީ އަމިއްލައަށް ހަމަޖެހިލާފައެވެ. އެތައް ބައިވަރު ރިޕޯޓަރުންތަކެއް ކުރިމަތީގައި މިކަހަލަ ކަމެއްވި ނަމަވެސް ކަރީނާ ވަނީ އެއީ މާ ބޮޑު ކަމެއް ކަމަށް ނުހަދާ އެމީހުންނަށް ރީތި ހިނިތުންވުމެއް ރައްދު ކުރުމަށްފަހު ވޯޓުލާން ގޮސްފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ކަރީނާ ހުރި ހުދު ކުލައިގެ ކުރުތާ އާއި ބްލޫ ޑެނިމް އެއް ލައިގެންނެވެ. އަނެއްކޮޅުން ސައިފް ލައިގެން ހުރީ ބީޖް ކުލައިގެ ކުރުތާއަކާއި މެޗިން ފަޓުލޫނެވެ.

ލޯކް ސަބާ އިންތިހާބުގެ 5 ވަނަ ފިޔަވަހީގެ ތެރެއިން މިހާރު މުމްބާއީގައި ވޯޓުލުން ކުރިއަށްދާއިރު، މަޝްހޫރު ފަންނާނުުން ދަނީ މި އިންތިހާބުގައި ވޯޓުލުމުގައި ބައިވެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޗަކޮއި

    އަލައްތަ؟؟ އާތް ދެން..

    2
    0
  2. ހުސޭނުބޭ

    ދެން ކަރީނާ ވެއްޓުނިއްޔޯ! ދެން ހަދާނީ ކިހިނެއް؟