ބޮލީވުޑްގެ މަޝްހޫރު ތަރިއެއްކަމަށްވާ ޝާހް ރުކް ޚާން ވަނީ މިދިޔަ ބުދަ ދުވަހު ޑިހައިޑްރޭޝަންއާއި ހީޓް ސްޓްރޯކެއް ޖެހިގެން އެހެމްދާބާދުގެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

ޝާހު ކައިރިއަށް ހޮސްޕިޓަލަށް ޒިޔާރަތްކުރި އަންހެނުން ގޯރީ އަދި ޝާހުގެ ގާތް ރަހްމެއްތެރިއެއް ކަމަށްވާ ޖޫހީ ޗާވްލާ ބުނެފައިވަނީ ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ހާލު ވަރަށް ގޯސްކަމަށެވެ. ނަމަވެސް މިހާރު މަޑު މަޑުން އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ.

ޝާހްރުކް ޚާން ކޭޑީ ހޮސްޕިޓަލަށް ގެންދިޔައީ އަންގާރަ ދުވަހު ކޮލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރު) އާއި ސަންރައިޒަރސް ހައިދަރުއާބާދު (އެސްއާރުއެޗް) ބައްދަލުކުރި އައިޕީއެލް މެޗުގައި އެކްޓަރު ހީޓް ސްޓްރޯކެއް ޖެހުމުންނެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ ޖޫހީ އަކީ ކޭކޭއާރުގެ ކޯ އޯނަރު ކަމެވެ. ޝާހު އަކީ އޯނާރ ކަމެވެ. މި ދެ ފަންނާނުންވެސް ވަނީ ކޭކޭއާރު އުފެއްދުމަށް ބޮޑު އިންވެސްޓްމެންޓެއްވެސް ހޭދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިޔާޢު

    ޝާހުރުކްޚާން އުޅެނީ ހުރިހާކަމުން އެންމެ މޮޅުމީހާ އަށްވާން. އެވަރަށް ކަންތައް ބޮޑުކޮށްލައިގެން އުޅޭތީ ޝާހުރުކްޚާން ދެކެ ވަރަށް ފޫހިވޭ. އޭނާގެ ދަރިފުޅު ސުހާނާ ޚާންއަކީވެސް އެގޮތަށް ދެއްކުންތެރިކަން ވަރަށް ހުންނަ މީހެއްކަން ފާހަގަ ކުރެެވޭ މީހެއް.

    9
    1
  2. ބިލީ

    މީނަ މަރުވެއްޖެކަމަށް މަހީކުރީ. އަދިވަސް މާމުހިންމު މީހަކަށް ހެދިގެން އުޅޭ ކާފަގަނޑެއް.