ހިންދީ ޑްރާމާތަކުން މަޤްބޫލުކަން ހޯދާފައިވާ ޝުއައިބް އިބްރާހީމްއާއި ދިޕިކާ ކައްކަރު އިބްރާހީމްގެ ދަރިފުޅު ރުހާން "އައްބާ" ކިޔާ ގޮވާލުމުން އިހުސާސްކުރެވުނީ ބަޔާން ކުރަން ދަތި އުފަލެއް ކަމަށް ޝުއައިބު ބުނެފިއެވެ.

ޝުއައިބްގެ ވްލޮގްގެ އެންމެ ފަހުގެ ބައިން ރުހާން "އައްބާ" ގޮވާލާ މަންޒަރު ފެނިގެންދިޔަ އިރު އޭނާ ބުނެފައި ވަނީ އެއީ ބަޔާން ކުރަން ވެސް ދަތި އިހުސާސެއް ކަމަށެވެ. އަދި ދުވަހަކުވެސް އެކަހަލަ އިހުސާސެއް އެހެން ގޮތަކުންވެސް ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ރުހާން އައްބާއޭ ކިޔާ ގޮވާލީ އެމީހުން ޝޮޕިން މޯލަކަށް ގޮސް އެތާ އެތެރޭގައި ހުރި ލޯގަނޑެއް ކައިރީ ހުރެ ސަކަރާތް ޖަހަމުން ގޮސް ޝުއައިބް ރުހާން ގާތުގައި އައްބާ އޭ ކިޔާ ގޮވާލަން ބުނި ބުނުމުންނެވެ.

ޝުއައިބާއި ދިޕިކާއަށް ރުހާން ލިބުނީ މިދިޔަ އަހަރު ޖޫން 21ގަައެވެ. ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން ރުހާން އެންމެ ފުރަތަމަ އޮތީ އެންއައިސީޔޫގައެވެ.

ދީޕިކާ އާންމުންގެ ތެރެއަށް މަޝްހޫރުވެގެން ދިޔައީ ކަލާސް ޓީވީއިން ގެނެސްދިން "ސަސުރާލް ސިމަރް ކީ" ޝޯއިންނެވެ. އެ ޝޯއިން ދިޕިކާވަނީ ގިނަބައެއްގެ ލޯބި ހޯދައިފައެވެ.

އޭގެ ފަހުން ވެސް ދީޕިކާ ވަރަށް ގިނަ ހިންދީ ޑްރާމާތަކުން ފެނިގެން ގޮސްފައި ވެއެވެ. އޭނާގެ ފިރިމީހާ ޝުއައިބަކީ ވެސް ހިންދީ ޑްރާމާތައް ކުޅޭ އެކްޓަރެކެވެ. އެންމެ ފަހުން ޝުއައިބް ފެނިގެންދިޔައީ "އަޖޫނީ" ނަމަކަށް ކިޔާ ޑްރާމާއަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު