ހިންދީ ޑްރާމާ ސިލްސިލާ "ބާބީޖީ ގަރް ޕަރް ހޭ" ގެ ތަރިއެއް ކަމަށްވާ ފީރޯޒް ޚާން މަރުވެއްޖެއެވެ.

އޭނާ މަރުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އުއްތަރްޕްރަދޭޝްގެ ބަޑުއާންގައި ހާޓް އެޓޭކެއް ޖެހިގެންނެވެ.

އޭނާ ކޮށްފައިވާ ފާހަގަ ކޮށްލެވޭ މަސައްކަތްތަކަށް ބަލާއިރު، ޖީހާޖީ ޗަތް ޕަރް ހޭ އާއި ސަހެބް ބީވީ އޯރް ބޮސް އަދި ހައްޕޫ ކީ އުލްޓަން ޕަލްޓަން ހިމެނެއެވެ. މި ޑްރާމާ ތަކުގެ އިތުރުން އޭނާ ފާހަގަ ކޮށްލެވެނީ ބޮލީވުޑްގެ ލެޖެންޑެއް ކަމަށްވާ އަމީތާބް ބައްޗަންގެ ނަކަލު ވަރަށް ފުރިހަމަ އަށް އަދާ ކުރާ ފަރާތެއްގެ ގޮތުގައެވެ.

އިންސްޓަގްރާމުގައި އޭނާ ކޮށްފައިވާ ނަކަލު ކުރުން ތަކަށްވެސް އާންމުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

މީގެ ކުރިން ޝޯ "ބާބީޖީ ގާރް ޕާ ހޭ" ގެ އިތުރު އެކްޓަރެއް ކަމަށްވާ ދީޕެޝް ބާން ވަނީ އުމުރުން 41 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެން މަރުވެފައެވެ. އޭނާ ވަނީ އެ ޝޯގައި މަލްޚާން ސިންގްގެ ކެރެކްޓާގައި މަސައްކަތް ކޮށްފައެވެ.