ވޭޕް ކުރުމަކީ ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ދެކުނު ކޮރެއާގައި ހެދި ޕްރީ ޕްރިންޓް ދިރާސާއިން ދައްކާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލައި، ވޭޕިން އަށް ނުކުންނަ މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ވޭޕް ނުކުރާ މީހުންނަށް ވުރެ ބޮޑެވެ.

ސޯލް ނޭޝަނަލް ޔުނިވާސިޓީ ބަންޑަންގް ހޮސްޕިޓަލްގެ ދިރާސާގައި އިސްކޮށް އުޅުއްވި ޔޯން ވޫކް ކިމް ވިދާޅުވި ގޮތުގައި މިއީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ފަހު އީ-ސިނގިރޭޓް ބޭނުންކުރާ މީހުންގެ ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކަން ދައްކުވައިދޭ އާބާދީގެ މައްޗަށް ބިނާކޮށް ހެދި ފުރަތަމަ ބޮޑު ދިރާސާއެވެ.

ސައިންސްވެރިން ވަނީ ދެކުނު ކޮރެއާގައި އާދަޔާ ހިލާފަށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތާރީހެއް އޮތް 4،329،288 މީހުން ބަލާފައެވެ. އެގޮތުން 2012-2014، 2018 ދެ ފަހަރު ރީޑިން ނެގިއިރު، ޑިސެމްބަރު 2021 ގައި ފޮލޯއަޕްގައި ރީޑިން ނަގާފައިވެއެވެ.

ފޮލޯއަޕް ރީޑިންގ ކުރިއިރު ސައިންސްވެރިންނަށް އެނގުނު ގޮތުގައި 53،354 މީހަކަށް ފުއްޕާމޭގެ ކެންސަރު ޖެހިފައިވާއިރު، ފުއްޕާމޭގެ ކެންސަރު ޖެހިގެން 6،351 މީހުން ވަނީ މަރުވެފައެވެ.

އީ-ސިނގިރޭޓް ބޭނުންކުރަަމުންދާ ކުރީގެ ސިނގިރޭޓް ބުއި މީހުންނަށް ފުއްޕާމޭގެ ކެންސަރާއި ކެންސަރާ ގުޅުންހުރި މަރުގެ ނުރައްކާ ކުރީގެ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލައި އީ-ސިނގިރޭޓުން ވެސް ދުރުހެލިވި މީހުންނަށް ވުރެ ބޮޑު ކަމަށް ބުނެފައި ވެއެވެ.

"ފުއްޕާމޭގެ ކެންސަރުގެ ނުރައްކާ ކުޑަކުރުމަށް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުގެ އުކުޅުތައް އީޖާދު ކުރާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ބަދަލުގައި އީ-ސިނގިރޭޓް ބޭނުންކުރުމުން ލިބިދާނެ ގެއްލުންތަކަށް ވިސްނަން ޖެހޭ ކަން އަޅުގަނޑުމެންގެ ނަތީޖާއިން އެނގޭ،". ކިމް ވިދާޅުވެފައި ވެއެވެ.

އީ-ސިނގިރޭޓަކީ ނޭވާލާ ވެޕަރަކަށް ވާ ލިކުއިޑެއް ހޫނުކޮށްދޭ އެއްޗެކެވެ. އޭގެ ތެރޭގައި ބައެއް ފަހަރު ޓޮބޭކޯ ހިމެނޭއިރު، މިއީ ކެންސަރަށް މަގުފަހިކޮށްދޭ ސިނގިރޭޓުގެ މައިގަނޑު ގެއްލުން ބޮޑު ބައެކެވެ.

އީ-ސިނގިރޭޓުގައި ޓޮބޭކޯ ސިނގިރޭޓަށް ވުރެ ދަށް މިންވަރެއްގައި ހުރި ނަމަވެސް، އޭގެ ސަބަބުން ގެއްލުން ހުރި އެހެން ކެމިކަލްތައް އެކުލެވިގެންވެއެވެ.

ފުއްޕާމެއަށް ގެއްލުންދޭ ވޭޕިން ޕްރޮޑަކްޓްތަކުގައި ހިމެނޭ ނުރައްކާތެރި ކެމިކަލްތަކުގެ ތެރޭގައި އެކްރޮލިން، ފޯމަލްޑިހައިޑް، ޑައިސެޓައިލް އަދި އަލްޓްރާފައިން ޕާޓިކަލްސް ހިމެނެއެވެ.

އީ-ސިނގިރޭޓް ލިކުއިޑްސްގައި ކެންސަރަށް މަގުފަހިވާ ކަމަށް ބެލެވޭ ގިނަ ކެމިކަލްތައް ވަރަށް މަދުން އެކުލެވިގެންވެއެވެ. ވަރަށް ގިނައިން ވޭޕް ބޭނުންކުރާ މީހަކަށް ދުވާލަކު އެތައް ފަހަރަކު، ކޮންމެ ދުވަހަކު، އެތައް އަހަރެއް ވަންދެން މި ކެމިކަލްތައް ހަށިގަނޑުގެ ތެރެއަށް ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    ވޭޕްވެސް މަނާކުރަންވީ، އަދި ގިނަ ޕްރޮސެސްޑް ފުޑްސް އާއިވެސް ރައްޔިތުން ދުރުވާންވީ. ހެލްތީ ސީރިއަލްއާއި، ހެލްތް ޑިރންކްސް ނަމުގައި ހުންނަ އެއްޗިއްސަށް ކެންސަރަށް މަގުފަހިވާ ބާވަތްތަށް އަޅާފަ ހުރޭ. އެ މައުލުމާތު ފޮރުވާނީ އެ ހަދާ މީހުންގެ ނުފޫޒުން

  2. Anonymous

    ތިޔަ މަޖުބޫރު ކޮއްގެން ޖެހުވި ކޮވިޑް ވެކުސިނުގެ ސަބަބުން ދިމަވާ ގެއްލުންތަކައް ބަދަލު ބޭނުން.

  3. ބެއްޔާ

    ކޮވިޑުވެކުސިންޖެހުމަކީ ލޭގަނޑުވާކަމެއް ވެކުސިންއުފެއްދިކުންފުނި