އިނގިރޭސި ޓީވީ ހޯސްޓް އެންޑީ ޕީޓާސް މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ނަން ނުބައިކޮށް ކިޔައިގެން ފޭނުން ވަރަށް ބޮޑަށް ރުޅި އައިސްގެން އެ ވާހަކަ ދައްކަން ފަށައިފިއެވެ.

މިދިޔަ މާޗް މަހު ލަންޑަނުގައި ހުންނަ މެޑަމް ޓުސޯޑަށް ޒިޔާރަތްކުރި އިރު ޕީޓާސް ޗޯޕްރާ ނަން ނުބައި ކޮށް ކިޔާ އަޑު އިވެއެވެ. އެ ވީޑިއޯ މިހާރު އަނެއްކާވެސް މީސް މީޑިއާގައި އާންމުވެފައިވާއިރު، ޕްރިޔަންކާގެ ގިނަ ފޭނުން ވަނީ އެކަމާއި ރުޅި އައިސްގެން ވާހަކަ ދައްކަން ފަށައިފައެވެ.

އެންޑީ ގުޑް މޯނިން ބްރިޓެންގެ ވެކްސް މިއުޒިއަމަށް ޒިޔާރަތްކޮށް އެތަނުގައި ހުރި ސެލެބްރިޓީންގެ ވާހަކަ ދެއްކި ނަމަވެސް ޕްރިޔަންކާގެ ނަން ނޭނގޭ ކަހަލައެވެ.

މިގޮތުން ޕްރިޔަންކާއަށް އެންޑީ މުހާތަބު ކޮށްފައި ވަނީ "ޗިއަންކާ"ގެ ނަމުންނެވެ.

މިހާރު އާއްމުވެފައިވާ ވީޑިއޯއިން ޕްރިޔަންކާގެ ވެކްސް ސްޓެޓިއުޓް ކައިރީގައި އެންޑީ ހުއްޓިލައިގެން ހުންނަ މަންޒަރު ފެނިގެންދެއެވެ. އާދިލް ރޭ އޭނާގެ ކައިރީގައި ހުރި ފަންނާނާއި ގުޅޭ ގޮތުން ވާހަކަ ދައްކަން އެންޑީގެ ގާތުގައި އެދުމުން، ޕްރިޔަންކާގެ ނަން ރަނގަޅަށް ކިޔަން އެންޑީ މަސައްކަތް ކޮށް، ޕްރިޔަންކާއަށް "ޗިއަންކާ ޗޮޕް ފްރީ" އޭ ކިޔައެވެ.

އޭނާއަށް ޕްރިޔަންކާގެ ނަން ކިޔުނީ ނުބައިކޮށް ކަން އާދިލް ފާހަގަ ކުރެެއެވެ.

"އެންޑީ އެންމެ ކުޑަމިނުން މީހެއްގެ ކައިރީގައި ހުންނައިރު އެމީހެއްގެ ނަމަކީ ކޮބައިތޯ ވިސްނާލަން ޖެހޭ. އެއީ މިހާރު އެމެރިކާގައި މަޝްހޫރުކަން ހޯދަމުން އިންޑިއާގެ ބޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާ،". އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސުނީ ފޭންބޭސް

    އަހަރަމެން މިތިބީ ވަރައް ކެރިގެން ނިކުމެ، އިންޗި އެއްވެސް ދޫ ނުދޭނަން ހުވާ މިބުނީ

    11
    4
  2. ހިތްތަލަ

    އެންޑީ އެއޮތީ އެނަން އިނގިރޭސިބަހަށް ބަދަލުކޮށްފާ. ހިންދީބަހުން ޕްރިޔަންކާ ޗޯޕްރާ އިނގިރޭސިބަހަށް ބަދަލުކުރީމާ ކިޔާނީ ޗިއަންކާ ޗޮޕް ފްރީ. ފޭނުންނަށް އެކަން ނޭގޭނީ.

    18
    2
  3. އާދަމް

    އޭ ކަލޭމެންނޭވެ. ދަންނައެ. އިނގިރޭސި ބަހަކީ ދިވެހި ބަސް ފަދައިން ލިޔެފައި އޮންނަ ގޮތަށް ކިޔާ އުޅޭ ބަހެއް ނޫން. އެކަން އިނގިރޭސި ބަސް ކިޔަވައިގެން ތިއްބެވި ދިވެހީންނަށް އެނގިލައްވާނެ.

    • ހުސޭނުބޭ

      އަހުން މިހުރީ އިގިރޭސިބަސް ކިއަވައިގެން. މީގަ ބުނާގޮތަށް އެކޮއިގެ ނަން ކިއަންވެއްޖެނަމަ ކިއަންޖެހޭނީ ޕުލިއަންކާ ވަތުކިބަ!!!!!!!!

      2
      1
  4. މުބީނު މާރނީ

    ސުނީ ވެސް ދެރަވާނެ-ވަރު ވިސްނި ހިތާމަ ކުރަން.