އިންޑިއާގެ ފިލްމީ ތަރި ވިޖޭ ސޭތުޕަތީގެ 50 ވަނަ ފިލްމު ކަމަށްވާ "މަހަރާޖާ" ޓްރެއިލަރ އިއްޔެ ނެރެފިއެވެ.

މި ޓްރެއިލާއަށް އާންމުންގެ ފަރާތުން އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ. އަދި ފިލްމު އަޅުވާނެ ދުވަހަކަށް އިންތިޒާރުވެސް ކުރަމުންދާ ކަަމަށް ވެއެވެ.

މި ޓްރެއިލާއިން ފުރަތަމަވެސް ފެނިގެންދަނީ އޭނާގެ ކެރެކްޓަރު ތައާރަފްކޮށްފައިވާ މަންޒަރެވެ. ޕޮލިސް ސްޓޭޝަނަށްގޮސް އަމިއްލަ ނަން ބުނެދީ އަދި ސެލޫނެއް ހިންގަމުންދާ ކަންވެސް އޭނާ ބުނެއެވެ. އަދި ގެއިން ވަރަށް އަގު ބޮޑެތި އެއްޗިހި ތަކެއް ގެއްލިގެން މައްސަލައެއް ފައިލް ކުރަން އައިސް ހުރި ކަމަށްވެސް ބުނެއެވެ.

ގެއްލިގެން ހޯދަނީ ރަނާއި ރިއްސާއި މުހިންމު ޑޮކިއުމެންޓް ތަކެއްތޯ ސުވާލު ކުރުމުން އޭނާ ޖަވާބު ދީފައެއް ނުވެއެވެ. އެހެންކަމުން އެކަމާއި ހަވާލު ވެގެން ހުރި އޮފިސަރުންނަށް އޭނާ ކަންތައްތަކެއް ސިއްރު ކުރާ ކަމަށް ޝައްކު ކުރާކަން ހާމަވެއެވެ.

މި ފިލްމު ޑައިރެކްޓްކޮށް އަދި ލިޔެފައިވަނީ ނިތިލަން ސަމިނަތަން އެވެ. ޕްރޮޑިއުސް ކޮށްފައިވަނީ ސުދާން ސުންދަރަމް އާއި ޖަގަދީޝް ޕަލަނިސަމީ އަދި ކަމާލް ނަޔަންއެވެ.

ޓްރެއިލާ ބެލުމަށް ފަހު އާންމުން ވަނީ ފިލްމުގަ ދެން ވާނެ ގޮތަކާއި މެދު ސުވާލު އުފައްދާ، ވިޖޭ ސިއްރު ކުރާ ކަމަކާއި އަދި ގެއްލުނީ ކޯއްޗެއްކަން ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު