ކައިވެނީގެ ފުރަތަމަ ކޮޅުގައި އަލަށް ލިބޭ އުފާވެރިކަމާއި އެކުވެސް އުނދަގޫތައް ތަޖުރިބާކުރުމަކީ ކޮންމެ ގުޅުމެއްގައިވެސް ދިމާވާ ކަމެކެވެ. ފުރަތަމަ މި ދަނީ ދެ މީހުން ދަސް ކުރަމުންނެވެ. ފުރަތަމަ ދެ އަހަރު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުމަކީ ގުދުރަތީ ކަމެއް ނަމަވެސް ބިރުގަންނާނެ ކަމެއް ނެތެވެ. ކުރިމަތިވެދާނެ ޓްރާންސިޝަންތަކާއި ހުރަސްތައް ދެނެގަނެ ވިސްނަންވީއެވެ. ދެމަފިރިން ގުޅިގެން އެމީހުންގެ މުސްތަގުބަލަށް ހަރުދަނާ ބިންގަލެއް އެޅުމަށް މަސައްކަތް ކުރަންވީއެވެ.

ކައިވެނީގެ ފުރަތަމަ އަހަރަކީ ބައިވެރިން އެމީހުންގެ އާ ރޯލުތަކަށް އެޑްޖަސްޓްވާން ފުުރުސަތު ލިބޭ އަހަރެވެ. ދިރިއުޅުމަށް ވަރަށް ގިނަ ބަދަލުތަކާއި އެޑްޖަސްޓްމަންޓްތައް ގެންނަން ޖެހޭއިރު، އެކަމުގެ ސަބަބުން ގިނަ ފަހަރަށް ގޮންޖެހުންތައް ކުރިމަތިވާނެއެވެ.

ނަމަވެސް ދެމަފިރިން އެޑްޖަސްޓްކުރުމުގެ މި މުއްދަތު މެނޭޖްކުރާ ގޮތުގެ ސަބަބުން ކައިވެނީގެ ދިގު މުއްދަތަށް ވަރަށް ބޮޑު އަސަރެއް ކުރާކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ކޯޗް އަދި ކޮކޯވެވް އިންޓަނޭޝަނަލް ކޯޗިންގެ ފައުންޑަރު އާމިޝް ދިންގްރާ ވަނީ ކައިވެނީގެ ފުރަތަމަ ދުވަސްތައް އިތުރަށް ލުއިކޮށްދިނުމަށް ބައެއް ޓިޕްސް ހިންދުސްތާނީ ޓައިމްސްއާ ހިއްސާކޮށްފައެވެ.

ދެ މީހުން ދެ މީހުންނަަށް ވާހަކަދެއްކުން: ކޮންމެ ގުޅުމެއްގައި ވެސް ވާހަކަދެއްކުމަކީ ތަޅުދަނޑިކަން އެންމެންނަށް ވެސް އެނގެއެވެ. އެއީ ކޮންމެ ގުޅުމެއްގެ ބިންގާ އެޅިގެންދާ ކަމެކެވެ. މީހަކު އަލަށް ކައިވެނި ކުރާއިރު، އެމީހެއްގެ އިހުސާސްތަކާއި އުއްމީދުތަކާއި ކަންބޮޑުވުންތައް ބައިވެރިޔާއަށް ތެދުވެރިކަމާއެކު ހާމަކުރުމުން ދެމީހުންގެ މެދުގައި ބަދަހި ގުޅުމެއް އުފެދިގެންދެއެވެ. ބައިވެރިޔާގެ ވާހަކަ އަޑުއެހުމާއި އޭނާ ދެކޭ ގޮތް ދެނެގަތުމަކީ ވެސް ހަރުދަނާ ގުޅުމަކަށް އެހާމެ މުހިންމު ކަމެކެވެ.

އެކުގައި ރަނގަޅު ވަގުތުތަކެއް ހޭދަކުރަން އިސްކަން ދިނުން: މަސައްކަތުގެ ޝެޑިއުލްގައި ވަރަށް ބިޒީކޮށް އުޅޭކަން ވިސްނުނު ނަމަވެސް އެ ހުރިހާ ކަމެއް ބެލެންސް ކުރަން ދަސްކުރަން ޖެހެއެވެ. ދެމީހުންވެސް އެކުގައި ވަގުތު ހޭދަ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ދިރިއުޅުމުގައި މީހާގެ މުހިންމުކަން ދައްކުވައިދީ، ގުޅުން ބަދަހިކޮށް، ލޯބި ދިރުވައިދޭ އެއްޗެކެވެ.

އެކަކު އަނެކަކަށް އެއްބާރުލުން ދިނުން: ކައިވެނީގެ ފުރަތަމަ ދުވަސްކޮޅުގައި އެންމެ މުހިންމު ކަމަކީ ކެރިއަރާއި ގުޅޭ އުންމީދުތަކާއި އަމިއްލަ ކަންކަމާއި ދިރިއުޅުމުގެ ޕްލޭންތަކުގައި އެކަކު އަނެކަކަށް އެއްބާރުލުން ދިނުމެވެ. އެކަކު އަނެކަކުގެ ހުވަފެންތައް ދެނެގަނެ ހިތްވަރު ދިނުމަކީ ވަރަށް ވަރުގަދަ ބޮންޑެއް އުފެދި ދެ މީހުން ވެސް ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

ކެތްތެރިކަމާއި މައާފު ކުރުން: ކައިވެނީގެ ދަތުރުގައި ބައެއް އުނދަގުލާ ކުރިމަތިލާން ޖެހިދާނެއެވެ. އެހެންކަމުން ދިމާވާ ކަންކަމުގައި ކެތްތެރިވެ، އާ ރޯލުތަކާއި މަސްއޫލިއްޔަތުތަކަށް އެޑްޖަސްޓްވުމަކީ ދަތުރު ފަސޭހަކޮށްދޭނެ ކަމެކެވެ. މައާފުކުރަން ދަސް ކުރަން ވާނެެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާހިމް

    އަނބިމީހާނޫން އެހެންއަންހެނުނާއި ދިމާއަށް ނުވެސްބެލުން!

  2. ބުމަރު

    ކޮންމެހެން ކަލޭމެން ނުކިޔާދިނަސް ހެޔޮ