އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އައި ސިންގަމް މި ސީރީޒްގެ އައު ބައި "ސިންގަމް އަގެއިން" މި އަންނަ ނޮވެމްބަރުގައި އެޅުވުމަށް ލަސްކޮށްފިއެވެ.

ކުރިން މި ފިލްމު އެޅުވުމަށް ހަމަޖެހިފައި އޮތީ އޮގަސްޓު މަހުގެ 15 ގައެވެ.

މި ފިލްމު އެޅުވުން ލަސްކުރި ސަބަބު ބަޔާން ކޮށްފައި ނުވާއިރު ސިންގަމް އަގެއިން ބެލުންތެރިނާއި ހަމައަށް ނޮވެމްބަރުގައި އަންނަ ދިވާލީ ތެރޭގައިކަން މިހާރު ވަނީ އިއުލާން ކޮށްފައެވެ.

މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ ރޯހިތް ޝެޓީ އެންޑް ޓީމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން ތެލުގޫގެ މަޝްހޫރު ތަރި އައްލޫ އަރްޖުން ކުޅެފައިވާ ޕުޝްޕާ 2 އާއި އަކްޝޭ ކުމާރްގެ ކޭލް ކޭލް މޭ އާއި ޝްރައްދާ ކަޕޫރްގެ ސްތްރީ 2 ވެސް އެޅުވުމަށް ހަމަޖެހިފައި އޮތީ އޮގަސްޓު 15ގައެވެ.

ނަމަވެސް މިހާރު މައުލޫމާތު ލިބޭ ގޮތުގައި ޕުޝްޕާ 2ގެ ޓީމުން ދަނީ އޮގަސްޓުގެ ބަދަލުގައި އެހެން ތާރީހެއްްގައި މި ފިލްމު އެޅުވުމަށް މަސައްކަތް ކުރަމުންނެވެ.

ސިންގަމް އެގެއިންގައި ބަތަލުގެ ގޮތުގައި އަޖޭ ދޭވްގަންވެސް ފެނިގެން ދާނެެއެވެ.

އަޖޭ ވަނީ މި އަހަރު ވަރަށް ގިން ފިލްމުތަކެއް ކުޅެފައެވެ. އެގޮތުން މައިދާން އާއި ޝައިތާން ފާހަގަ ކޮށްލެވެއެވެ. ދެން އެންމެ އަވަހަށް އަޖޭ ފެނިގެންދާނީ އަންނަ މަހު 5 ގައި އެޅުވުމަށް ހަމަޖެހިފައިވާ ފިލްމު އޯ ރޯ މޭ ކަހާން ދަމް ތާ އިންނެވެ.

ރޯހިތް ޝޭތީ އެންދަ ޓީމުގެ ފަރާތުން ގެނެސްދިނުމަށް ހަމަޖެހިފައިވާ ސިންގަމް އަގެއިން ގައި ދީޕިކާ އާއި ކަރީނާ އާއި އަރުޖުން ކަޕޫރާއި ޓައިގާ އާއި ރަންވީރް އާއި އަކްޝޭ ފަދަ ކުޅަދާނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ބެލުންތެރިން މިހާރުވެސް ބުނަމުން ދަނީ މި ފިލްމު ވެގެން ދާނީ އަނެއްކާވެސް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާނެ ފިލްމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު