ކޭ ޕޮޕްގެ މަޝްހޫރު ބޭންޑު ބީޓީއެސްގެ 11 ވަނަ އަހަރީ ދުވަސް ފާހަގަ ކޮށްފިއެވެ.

ޖޫން މަހުގެ 13 ވަނަ ދުވަހަކީ އެމީހުންގެ އަހަރީ ދުވަހެވެ. އަދި މި ބޭންޑުގައި ހިމެނެނީ، ކިމް ނަމްޖޫން (އާރްއެމް) އާއި ޖިން އާއި ޖިމިން އާއި ސުގާ އާއި ޖަންކޫކް އާއި ޖޭހޯޕް އަދި ވީ އެވެ.

އެހެން އަހަރު ތަކުގައި މި ދުވަސް ވަރަށް ކުލަ ގަދަކޮށް އެމީހުންގެ ކޮމްޕަނީއާއި ފޭނުން ކަމަށްވާ "އާމީ" އާ އެކީ ފާހަގަ ކުރެއެވެ. ނަމަވެސް މިފަހަރު ފާހަގަ ކޮށްފައިވަނީ 7 މެމްބަރުންގެ ތެރެއިން އެންމެ މެމްބަރެކެވެ. އެއީ ޖިން އެވެ.

ޖިން ވަނީ އެމީހުންގެ ފޭނުން ކަމަށްވާ "އާމީ" އާއި ބައްދަލުކޮށް ކޮންމެ ފޭނަކަށް ވަކި ވަކިން އޭނާ ގައިގާ ބައްދާ ލުމުގެ ފުރުސަތު ދީފައެވެ. ސަބަބަކީ އެހެން މެމްބަރުން ނެތް ކަމުގެ އިހުސާސް އާމީ އަށް ނުކުރުވުމަށެވެ. އަދި އޭގެ އިތުރުން އޭނާ ވަނީ އޭނާ ސޯލޯ ލަވަ "ދަ އެސްޓްރޮނައުޓް" ވެސް ކިޔާފައެވެ. އަދި އެހެން ލަވަތަކަށް ނަށާފައެވެ.

ބާކީ ތިބި 6 މެމްބަރުން މިވަގުތު ދަނީ މިލިޓަރީގައި ތަމްރީނު ކުރަމުންނެވެ. ޖިން އަށް އަހަރީ ދުވަހުގެ ކަންތައްތަކުގައި ބައިވެރިވެވިފަިއވަނީ އޭނަގެ މިލިޓަރީގެ ތަމްރީނުތައް ނިމިފައިވާތީއެވެ.

ކޮރެއާގެ ސަގާފަތް އޮންނަ ގޮތުން ނަމަ 18 އަހަރު ފުރިފައިވާ ކޮންމެ ފިރިހެނެއް ވެސް 1 އަހަރާއި 2 އަހަރު މިލިޓަރީގައި ހިދުމަތް ކުރަން ޖެހެއެވެ. އެގޮތުން ބީޓީއެސް ގެ މެމްބަރުންނަށްވެސް މިލިޓަރީގައި ބައިވެރި ވާން ޖެހެއެވެ.

ޖިންގެ ތަމްރީނު ނިމިފައިވަނީ ޖޫން 12 ގައެވެ. އޭނާގެ ޑިސްޗާޖަށް ބޭންޑުގެ އެހެން ހުރިހާ މެމްބަރުން ވަނީ އެއްްދުވަހުގެ ޗުއްޓިއެއް ނަގައިގެން އައިސްފައެވެ.

އެހެން މެމްބަރުންނަށް އެނިވާސަރީގައި ބައިވެރި ނުވެވުނަސް ކޮންމެ މީހަކު ވެސް ވަނީ އާމީ އަށް އެމީހުންގެ އަތުން ލިޔެފައިވާ ސިޓީ ތަކެއް ހިއްސާ ކޮށްފައެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ހާލަތު ބަޔާން ކޮށްދީ ހިތުގެ ޝުއޫރު ވަނީ ހިއްސާ ކޮށްފައެވެ. އަދި އެމީހުން އެނބުރި އައުމަށް އިންތިޒާރު ކުރުމަށް ވަނީ އެދިފައެވެ.