ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓުގެ އެންމެ ފަހުގެ ފިލްމު "ޖިގްރާ" އެޅުވުން ލަސްކޮށްފިއެވެ.

ކުރިން މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރުގައެވެ. ނަމަވެސް މިހާރު މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު 11 ގައެވެ.

މިކަން އިއުލާން ކޮށްފައިވަނީ އޮފިޝަލް އިންސްޓަގުރާމް ޕޭޖުގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައެވެ.

ޖިގްރާ މި ފިލްމަކީ އާލިއާ ބަޓްގެ އަމިއްލަ ޕްރޯޑަކްޝަން ހައުސް އެޓާނަލް ސަންޝައިން އާއި ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ފާހަގަކޮށްލަންޖެހޭ ކަަމަކީ މި ފިލްމަކީ އާލިއާ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްގެ ފަރާތުން ކުޅޭނެ 2 ވަނަ ފިލްމު ކަމެވެ. އެންމެ ފުރަތަމަ އޭނަ ކުޅެފައިވަނި ޑާލިންގްއެވެ. އެއީ އެޓާނަލް ސަންޝައިން އާއި ޝާހް ރުކް ޚާންގެ ރެޑް ޗިލީ އެއްްޓަޓައިންމެންޓާއި ގުޅިގެން 2022 ވަނަ އަހަރު އުފައްދާފައިވާ ފިލްމެކެވެ.

ފިލްމު ޖިގްރާ އަކީ އާލިއާގެ ވަރަށް ތަފާތު ހުނަރެއް ފެނިނިގެންދާނެ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ވަސަން ބާލާއެވެ. އޭނަ އަކީ 2019 ވަނަ އަހަރު ގެނެސްދިން ފިލްމު މަރްދު ކޯ ދަރްދް ނެހީ ހޯތާ ޑައިރެކްޓް ކޮށްދީފައިވާ މީހެކެވެ.

އާލިއާ އެންމެ ފަހުން ކުޅުނު ފިލްމަކީ ހޮލީވުޑްގެ ފިލްމެކެވެ. އެއީ ނެޓްފްލިކްސް އިން ގެނެސްދިން ފިލްމު ކަމަށްވާ ހާރޓް އޮފް ސްޓޯނެވެ.

އާލިއާ އާއި އެކު ދެން މި ފިލްމުގައި ފެނިގެންދާނީ ދަ އާރްޗީގައިވެސް މަސައްކަތް ކޮށްފައިވާ ވެދާންގް ރައިނާއެވެ. އޭނާ އަކީ ވެސް ވަރަށް ހުނަރުވެރި ތަރިއެކެެވެ.

ކިޔުންތެރިންގެ ހިޔާލު