ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ތާޕްސީ ޕައްނޫ ބުނެފައިވަނީ އޭނާ ކައިވެނި ކުރީ ސިއްރުން ނޫން ކަމަށާއި އަދި ކައިވެނި ކުރީ ވަރަށް ޕްރައިވެޓްގަ ކަމަށެވެ.

11 އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ތާޕްސީ ކައިވެނި ކޮށްފައިވަނީ ބެޑްމިންޓަން ކުޅުންތެރިޔާ މެތިއުސް ބޮއެ އާއި މާރޗް 23 ގައެވެ.

ކައިވެނި ކުރުމަށްފަހު "އޭނާގެ ބްރައިޑަލް ލުކް" ބަލާލުމަށްޓަކައި އޭނާގެ ސަޕޯޓަރުން ތިބީ ކެތްތެރިކަން ކުޑަވެ އެކަމުގެ އިންތިޒާރުގައެވެ.

އޭނާ ކައިރީގައި ބްރައިޑަލް ލުކް ފެންނާނީ ކޮންދުވަހަކުންތޯ ސުވާލު ކުރުމުން އޭނާ ބުނީ އޭނާ ކައިވެނި ކުރީ ސިއްރުން ނޫން ކަމަށާއި އޭނާގެ ކައިވެނި ހަފްލާ އަކީ ވަރަށް ގާތް ރަހުމަތްތެރިންނާއި އާއިލާގެ މީހުން ޝާމިލްވާ ގޮތަށް ވަރަށް ޕްރައިވެޓްގައި ކުރި ކައިވެންޏެއް ކަމަށެވެ.

މީހުން އޭނާގެ ކައިވެނި ހެދުން ނުފެނިގެން އުޅޭ ސަބަބެއް ވިސްނާ ވިސްނާވެސް ނޭނގުނު ކަމަށާއި އޭނާ އަމިއްލަ ނަފްސަށް މިހާރު އެ ދުވަހުގެ ފޮޓޯތައް ހިއްސާކުރަން ވެއްޖެ ކަަމަށް ވިސްނުމުން އެ ފޮޓޯތަށް އާންމުންނާއި ހިއްސާ ކުރާނެ ކަމަށެވެ.

ޑަންކީ އަށްފަހު ތާޕްސީ ދެން ފެނިގެންދާނީ "ފިރް އާއި ހަސީން ދިލް ރުބާ" "އަދި ކޭލް ކޭލް މެއިން" އިންނެވެ. އޭނާގެ ފޭނުންނަށް ބުނެފައިވަނީ މި ދެ ފިލްމަކީ ވެސް އޭނާ ކުޅެފައިވާ ވަރަށް ތަފާތު ދެ ފިލްމު ކަމަށެވެ. އަދި އޭނާގެ ފޭނުންގެ ފަރާތުން މި ދެ ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ކޭލް ކޭލް މެއިން ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އޮގަސްޓު 15ގައެވެ.