ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އޭނާގެ މަންމަ އަށް އުފަންދުވަހުގެ ތަހުނިޔާ ވަރަށް ލޯބި ގޮތަަކަށް ފޮނުވައިފިއެވެ.

އޮސްޓްރޭލިއާގައި ހޮލީވުޑްގެ ފިލްމެއް ކަމަށްވާ ބްލަޕްގެ ޝޫޓިންގައި ވަރަށް ބުރަކޮށް އުޅުމަށްފަހު ވެސް ޕްރިޔަންކާ މިވަނީ ވަގުތު ހުސްކޮށްގެން މަންމަގެ އުފަންދުވަސް ފާހަގަ ކުރުމަށް ގޮސްފައެވެ.

އޭނަގެ އޮފިޝަލް އިންސްޓަގުރާމުގައި މަންމަ އާއި އަދި އާއިލާގެ މަދު މީހުންނާ އެކު ފާހަގަ ކުރި އުފަންދުވަހުގެ ކުޑަ ހަފްލާގެ ފޮޓޯއެއް ވަނީ ހިއްސާކޮށްފައެވެ.

އޭގައި އޭނާ ބުނެފައިވަނީ މަންމަ އަށް ވަރަށް އުފާވެރި އުފަން ދުވަހަކަށް އެދޭ ކަމަށާއި އަދި އެމީހުންނަށް ކޮށްދީފައިވާ އަދި ކޮށްދޭ ހުރިހާ ކަމަކަށް ވެސް ޝުކުރު އަދާ ކުރާ ކަމަށެވެ. އޭގެ އިތުރުން މަންމަ އަކީ ދުނިޔޭގެ އެންމެ ބެސްޓް މަންމަ ކަމަށް ބުނެފައިވެއެވެ. ދުވަހަކުވެސް ދެގޮތެއް ނުވެ ހުރުމަށް އޭނާ އެދިފައިވެއެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ހޮލީވުޑްގެ ރޮމޭންޓިކް އަދި ކޮމެޑީ ފިލްމެއް ކަމަށްވާ "ލަވް އަގައިން" އިންނެވެ.

ފިލްމު "ބްލަފް" އަށް ފަހު ޑައިރެކްޓަރު އަދި އެކްޓަރު ފަރްހާން "އަކްތަރުގެ ޖީލޭ ޒަރާ"ގެ ޝޫޓިން އޮތީ ކުރިއަށެވެ. މި ފިލްމުގައި ޕްރިޔަންކާގެ އިތުރުން އާލިއާ އާއި ކެޓްރީނާ ވެސް ފެނިގެންދާނެ ކަމަށް ރިޕޯޓްތަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ދެން އަމައްޔާތް!

  2. Anonymous

    40 އަހަރުގެ ޕްރިޔަންކާ