ބޮލީވުޑްގެ މަޝްހޫރު ތަރިއެއްކަމަށްވާ ކަރިޝްމާ ކަޕޫރު މިފަހަރު ސޮނާލީގެ ބަދަލުގައި އިންޑިއާސް ބެސްޓް ޑާންސާ ސީޒަން 4 ގެ ޖަޖަކަށް ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އައިބީޑީ އަކީ ސޮނީ ޓީވީއިން ނެށުންތެރިންނަށް ހާއްސް ކޮށްގެން ގެނެސްދޭ ޕްރޮގްރާމެެކެވެ. މީގެ ކުރިން ވަނީ އައިބީޑީގެ 3 ސީޒަން ވަރަށް ފުރިހަމަ ކަމާއިއެކު ނިންމާލައިފައެވެ.

އާ ސީޒަން އަކަށް މިހާރު ތައްޔާރީތަށް ވަމުން އަންނަ އިރު ކުރީގެ ސީޒަންތަކުގައި ވެސް ޖަޖުކަން ކޮށްދީފައިވާ ގީތާ ކަޕޫރާ އާއި ޓެރެންސް ލޯރެންސް މިފަހަރު ވެސް ޖަޖުންގެ ޕެނަލުން ފެނިގެންދާނެއެވެ.

ފުރަތަމަ ދެ ސީޒަންގައި މަލައިކާ ފެނިގެންދިޔަ އިރު 3 ވަނަ ސީޒަންގައި ސޮނާލީ ފެނިގެން ދިޔައެވެ. މިފަހަރުގެ ޖަޖުންގެ ޕެނަލުން ކަރިޝްމާ ފެންނާނެ އިރު އޭނާ ވަނީ މީގެ ކުރިން ސީޒަނުގައި ގެސްޓެއްގެ ގޮތުގައި ފެނިގެން ގޮސްފައެވެ. ކަރިޝްމާ އަކީ ޖަޖުންގެ ޕެނަލަކުން މީގެ ކުރިންވެސް ފެނިފައިވާ ތަރިއެކެވެ. އެގޮތުން ސްޓާރ ޕްލަސް އިން ގެނެސްދިން ނަޗްބަލިއޭ ސީޒަން 4ގެ ޖަޖުކަން ފާހަގަކޮށްލެވެ.

ކަރިޝްމާ އަކީ އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު ފަރާތެކެވެ. އޭނަގެ ހުންނަ ހިތްހެޔޮ ކަމާއި މަޑުމައިތިރި ކަމަކީ އެންމެން އެންމެ ލޯބިވާ އަދި ބަލައިގަންނަ ސިފަތަކެކެވެ. ކުރިން ގެސްޓެއްގެ ގޮތުގައި ފެނިގެންދިޔަ އެޕިސޯޑަކީވެސް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު އެޕިސޯޑެކެވެ.

އަބީޑީގެ އާ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ މި އަންނަ މަހުގެ ތެރޭގައެވެ. އެކަމަކު އަދި ވަކި ދުވަހެއް ކަނޑައެއް އެނގިފައެއް ނުވެއެވެ.