ބޮލީވުޑްގެ އެކްޓަރެއް އަދި ޕްރޮޑިއުސަރެއް ކަމަށްވާ އާލިއާ ބަޓް ކުޑަކުދިންގެ ވާހަކަ ފޮތެއް ނެރެފިއެވެ.

މިފޮތް ނެރެފައިވަނީ މިދިޔަ އާދިއްތް ދުވަހުއެވެ. މިފޮތަށް ކިޔާފައިވަނިީ އާލިއާ ގެ ހެދުމުގެ ބްރޭންޑެއް ކަމަށްވާ އެޑް އަ މަމާ އާއި ގުޅުވައިގެން "އެޑް ފައިންޑްސް އަ ހޯމް" އެވެ. ފޮތް ނެރުމުގެ ހަފްލާގައި އާލިއާ އާއި އެކީ މަންމަ ސޯނި ރަޒްދާން އާއި ދައްތަ ޝަހީން ބަޓް ވަނީ ބައިވެރިވެފައެެވެ.

މި އިވެންޓުގައި އާލިއާ ލައިގެންހުރީ ފްލޯރަލް ޕެޓާންގެ މެކްސީ ހެދުމެކެވެ. އަދި އޭނާ ވަނީ ކުޑަކުދިންނަށް ވާހަކަ ކިޔުމަށް ބޭއްވި އިވެންޓުގައިވެސް ބައިވެރިވެފައެވެ.

އާލިއާ ބުނެފައިވަނީ އެކި އެޑިޓަރުންނާއި ލިޔުންތެރިންގެ ހިޔާލާއި އިރުޝާދު ހޯދި ކަމަށާއި އަދި އެމީހުންގެ ބަސްވެސް މިހާރުވެސް ލިބެމުން އަންނަ ކަމަށެވެ.

މި ފޮތުގެ ހުރިހާ ކުރެހުމެއް ވެސް ކުރަހާފައިވަނީ ތާންވީ ބަޓް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އާލިއާގެ އަމިއްލަ ދަރިއަކު ހުރެ، ކުޑައިރުން ފެށިގެންވެސް ކުޑަ ކުދިންގެ ވާހަކަ ފޮތެއް ލިޔެ ނެރުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށްވެސް އޭނަ ބުނެފައިވެއެވެ.

އަދި އިތުރަށް ބުނެފައިވަނީ ދަރިއަކު ލިބުނަސް ހުވަފެންތަކުގެ ހަގީގީ ކުލަ ޖެއްސުމަށް ހުރަސް ނޭޅޭނެ ކަމަށެވެ.

މިއީ އާލިއާ ނެރުމަށް އުޅޭ ވާހަކަ ސީރީޒްގެ ތެރެއިން ފުރަތަމަ ބައި ކަންވެސް ފާހަގަ ކުރެވެއެވެ.

އާލިއާގެ އެންމެ ފަހުގެ މަސައްކަތަށް ބަލާއިރު، ދެން އެންމެ އަވަހަށް ފެނިގެންދާނީ އޮކްޓޯބަރު 11ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމު ޖިގްރާ އިންނެވެ.