ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ތަރިއެއްކަމަށްވާ ޕްރިޔަންކާ ޗޯޕްޅާ ޖޯނަސް އަށް ޝޫޓިންގެ ތެރެއިން އަނިޔާ ވެއްޖެ ކަމަށް ބުނެފިއެވެ.

އޭނާ އަށް އަނިޔާވެފައިވަނީ މިހާރު އޭނާ ކުޅެމުން އަންނަ ފިލްމު ބްލަޕްގެ ޝޫޓިން ތެރެއިންނެވެ. އޭނަގެ އޮފިޝިއަލް އިންސްޓަގުރާމުގެ ސްޓޯރީގައި ހިއްސާކޮށްފައިވާ ފޮޓޯގައި ވަނީ ޝޫޓިންގެ ތެރެއިން އަނިޔާވި ކަމަށް ބުނެފައެވެ.

އެ ފޮޓޯގައި ފެނިގެންފަނީ އޭނަގެ ކަރުގައި އެޅިފައިވާ މަންޒަރެވެ. ފޮޓޯއިން ފެންނަ ފެނުމަށް އެހާ ފުންކޮށް ކަނޑައިގެން ގޮސްފައިވާ ހެނެއް ހިއެއް ނުވެެއެވެ. މި ފޮޓޯ ހިއްސާކުރުމުން އޭނާގެ ފޭނުން ވަނީ މިކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބަލައިގެން އުޅުމަށާއި އަވަސް ޝިފާ އަކަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.

ޕްރިޔަންކާ ފާހަގަ ކުރެވިފައިވަނީ އަބަދުވެސް ވަރަށް ތަފާތު ރޯލު ތަކުގެ މަސައްކަތް ކުރާ ތަރިއެއްގެ ގޮތުގައެވެ. ރޮމޭންޓިކް ރޯލަކުން ވިޔަސް ވިލަންގެ ރޯލަކުން ވިޔަސް ސްޓަންޓު ރޯލަކުން ވިޔަސް އޭނަ އަކީ އަބަދުވެސް އޭނަަގެ ފޭނުން ބަލައިގަންނަ ފަދަ މަސައްކަތްތައް ދައްކުވައިދޭ ތަރިއެކެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިގެން ދިޔައީ ރޯމްގައި ބޭއްވި ބަލްގާރީގެ 140 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ އިވެންޓުގައި ކަޅު ހެދުމެއްގައި އަދި އޭނާ އަޅައިގެން ހުރި 140 ކެރެޓްގެ ސަރޕެންޓީ ކަރުގަ އަޅާ ފަށާއި ކޮންޑާ ހަމައަށް ކޮށާ ލެވިފައިވާ ސްޓައިލްގައެވެ.

ޕްރިޔަންކާ އެެންމެ ފަހުން ވަނީ ކުރިއަށް އޮތް ފިލްމު ހެޑްސް އޮފް ސްޓޭޓްގެ ޝޫޓިން ނިންމާލާފައެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އިލްޔާ ނައިޝުލަރއެވެ. މީގެ އިތުރުން މި ފިލްމްގައި އިދްރީސް އެލްބާ، ޖޯން ސީނާ، އަދި ޖެކް ކުއައިޑް ވެސް މުހިއްމު ރޯލުތަކެއް ކުޅެއެވެ.