ބިގްބޮސް ސީޒަން 9 ގައި އާންމުންގެ މަގްބޫލުކަން ހޯދާފައިވާ ޕްރިންސް ނަރޫލާ އާއި ޔުވިކާ ޗޯދުރީއަށް އަލަތު ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފިއެވެ.

އެމީހުންނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފައިވަނީ އެމީހުންގެ އޮފިޝަލް އިންސްޓަގުރާމުގައި ހިއްސާކޮށްފައިވާ ފޮޓޯ އަކުންނެވެ. ފުރަތަމަ ފޮޓޯގައި ފެނިގެންދަނީ އެއްވައްތަރުގެ ކުޑަ އަދި ބޮޑު ރަތްކުލައިގެ ކާރެއް ބާއްވާފައި އޮންނަ ތަނެވެ. ދެވަނަ ފޮޓޯގައި ފެނިގެންދަނީ ކާރު ތަކާއި ދިމާއަށް ބަލަހައްޓައިގެން ޕްރިންސް ހުންނަ މަންޒަރެވެ.

މި ފޮޓޮ ހިއްސާ ކުރަމުން ޕްރިންސް ބުނެފައިވަނީ އޭނާ ހުރީ ވަރަށް އުފާވެ ބިރުގަނެ އަދި އެހާމެ ޝުކުރު ވެރިވެފައި ކަމަށެވެ. ސަބަބަކީ "ޕްރިވިކާ"އަށް ދަރިއަކު ލިބެން އުޅޭތީ ކަމަށެވެ. އަދި އަންހެނުނަށް އޭނާ ބުނެފައިވަނި އޭނާގެ ދިރިއުޅުމުގައި ޔުވިކާ އަށް ދެވަނަ މަގާމު ލިބެން އުޅޭ ކަމަށާއި އެމީހުންގެ މައިންބަފައިންގެ ދިރިއުޅުމުގައި ވެސް އެމީހުންނަށް ދެވަނަ މަގާމު ލިބެން އުޅޭ ކަމަށެވެ. އެއީ އެމީހުންގެ ދަރިފުޅު ދުނިޔެއަށް އައުމުން އެ ކުއްޖާއަށް އެންމެންގެ ފަރާތުން އެއްވަނަ ލިބޭނެތީ ކަމަށެވެ.

އޭގެ އިތުރުން އޭނާ ބުނެފައިވަނީ ދަރިފުޅު ބޮޑުވެގެން އަންނަ އިރު އާއިލާ އެންމެންގެ ފުރިހަމަ ލޯބި ލިބޭނެ ކަމަށް ޔަގީން ކުރާ ކަމަށާއި ދަރިފުޅަށް އެއްވެސް އެއްޗެއް މަދު ނުވެ ރަނގަޅު ގޮތުގައި ބަލައި ބޮޑު ކުރާނެ ކަމަށެވެ.

އެ މީހުންގެ ލޯބީގެ ގުޅުން ފެށުނީ ބިގްބޮސް 9 ގައި ދިމާވި ހިސާބުންނެވެ. އަދި 2018 ވަނަ އަހަރު އެންގޭޖްވެ ހަމަ އެ އަހަރު ވަނީ ކައިވެނި ވެސް ކޮށްފައެވެ. މި ޖޯޑަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ޖޯޑެކެވެ.