ޖިންނީންގެ އުނދަގުލުން ސަލާމަތްވެ ރައްކާތެރިކަން ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ދުންދަނޑިތަކެއް ކަމަށް ބުނެ، މީރުވަސްދުއްވުމަށް ބޭނުންކުރާ ދުންދަނޑިތަކެއް ބޮޑު އަގުގައި އަންހެނަކަށް ވިއްކި މީހަކު ޔޫއޭއީއިން ހައްޔަރުކޮށްފިއެވެ.

ޔޫއޭއީގެ ފުޖައިރާއިން އެމީހާ އަތުލައިގަތްއިރު އޭނާގެ މައްޗަށް ވަނީ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދިކަމުގެ ދަޢުވާ އުފުލާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެމީހާ ވަނީ އަންހެނަކަށް 30000 ދިރުހަމް (ގާތްގަނޑަކަށް 8000 އެމެރިކާ ޑޮލަރު) އަށް އެއިން ބައެއް ދުންދަނޑިތައް ވިއްކާފައެވެ. އެ އަންހެންމީހާ އޭނާގެ ގާތަށް އެހީއަކަށް އެދި ދިޔައީ، ޖިންނީންގެ އުންދަގުލާއި ކުރިމަތިވުމުން އެކަން ރަނގަޅުކުރާނެ ގޮތެއް ހޯދުމަށް ކަމަށް ވެއެވެ. އެއާއެކު އެ ފިރިހެންމީހާ ވިއްކި ދުންދަނޑިތައް ބޮޑު އަގުގައި ގަނެގެންގޮސް ރޯ ކުރުމުންވެސް އެކަމަށް އެއްވެސް ބަދަލެއް ނައުމުން، ފުލުހުންނަށް މައްސަލަ ހުށަހެޅީވެސް އެ އަންހެންމީހާ ކަމަށް ވެއެވެ.

އެ އަންހެންމީހާ އާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ، އެ ދުންދަނޑިތަކުންވެސް އޭނާއަށް ކުރިމަތިވެފައިވާ އުނދަގޫތަކަށް ބަދަލެއް ނައުމުން އަލުން އެ ފިރިހެންމީހާ އަށް ގުޅަން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އޭނާ ފޯނަށް ޖަވާބު ދީފައި ނުވާކަމަށެވެ.

މިކަމާއި ގުޅިގެން ފުޖައިރާގެ ކޯޓުން ވަނީ އެ ފިރިހެންމީހާ 5000 ދިރުހަމުން ޖޫރިމަނާކޮށް، އޭނާ އަންހެން މީހާގެ އަތުން ހޯދި ފައިސާ އަނބުރާ ރައްދުކުރުމަށް އޭނާގެ މައްޗަށް އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު