ބޮޑު ގެއެއްގެ އެޕާޓްމެންޓްތަކެއްގައި ދިރިއުޅޭ މީހުންގެ ލޮލުގައި ކޮންމެ ދުވަހަކު އަޅައިގަންނަ މި އަންހެނާއަކީ ކެތްތެރި އަންހެނެކެވެ. އުމުރުން 70 އަހަރަށްވުރެ މައްޗެވެ. ނަމަވެސް ކޮންމެ ދުވަހަކު ވެސް އޭނާ، އޭނާގެ ޒިންމާ ފުރިހަމައަށް އަދާ ކުރެއެވެ. ކޮންމެ ދުވަހަކު ހިނގާފައި ދެގަޑިއިރުގެ ދަތުރެއް ކުރަނީ ހިތުގައި އެންމެ ބޮޑު ގަދަރެއް ދެވިފައިވާ މީހާއަށް ކާއެއްޗެހި ހިފައިގެންނެވެ.

ވޯލްޑް އޮފް ބިޒްގައި ބަޔާންކޮށްފައި ވާގޮތުގައި، ސިންގަޕޫރުގެ ބެޑޮކް ރެޒޯވޮއިރް ރޯޑްގައި ހުންނަ ހަތް ބުރީގެ ގެއަކަށް އޭނާ ކޮންމެ ދުވަހަކު ދަނީ، އެގޭގައި އުޅޭ އޭނާގެ އަންހެން ދަރިފުޅަށް ކާން ދޭށެވެ. އުމުރުން 40 އަހަރުގެ އެ އަންެހެން ދަރިފުޅަކީ ފިރިމަރުވެފައިވުމުން އެކަމުގެ ހިތާމަ ކުރަމުންދާ މީހެކެވެ.

އެގޭގެ ގޭގެ ދޮރުމަތީގައި ދެގަޑިއެއްހާ އިރުވަންދެން، އޭނާގެ މަންމަ ހުންނަ މަންޒަރު ބައެއް މީހުނަށް ކުރިންވެސް ފެނެއެވެ. އޭނާ ކޮންމެ ދުވަހެއްގައިވެސް އެގެޔަށް ދަނީ ކާއެއްޗެހި "ޕެކްކޮށްގެން"ނެވެ. އެތަނުގައި އެތައް އިރެއް ވަންދެން އޭނާ މަޑުކޮށްގެން ހުންނަ މަންޒަރު ފެނިގެން ބައެއް މީހުން، އެކަމާއި އޭނާއާ ސުވާލުވެސް ކޮށް ހަދައެވެ. އަދި އެގެއަކީ އެއްވެސް ބަޔަކު ދިރިއުޅޭ ގެއެއް ނޫން ކަމަށް ބުނެއެވެ.

ނަމަވެސް އެ އަންހެން މީހާ އަބަދުވެސް ބުނަމުން ދިޔައީ އޭނާ ހޯދާ މީހާ އެގޭގައި އުޅޭ ކަމަށެވެ. އަދި އޭނާ އުޅެމުން ދަނީ ވަރަށް ފުން ހިތާމައިގައި ކަމަށް ބުނެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުރެއެވެ. މިހެން ހުންނަތާ އެތައް އިރެއް ވާފަހުން އެ އެޕާޓްމެންޓުން އަންހެނަކު ބޭރަށް ނިކުމެއެވެ. އަދި އެއަށްފަހު ކާއެއްޗެހި ހޯދައިގެން ދޮރުލައްޕައި ތަޅުލައެވެ. އެއީ އޭނާގެ ލޯބިވާ ދަރިފުޅެވެ. އެގޭގެ ވެރިމީހާވެސް މެއެވެ.

އެގެއަށް ވަނުން މަނާކޮށްފައި އޮތް ނަމަވެސް ކޮންމެ ދުވަހަކުވެސް ކާއެއްޗެހި ހިފައިގެން އޭނާ އެގެއަށް ދެއެވެ. އެގެއަށް ފައި މަގުގައި އޭނާ ކުރާ ދަތުރަށް ދެގަޑިއިރު ހޭދަވެއެވެ. މީގެ އިތުރުން ގޭގެ ބޭރުގައި އޭނާ ދެގަޑިއެއްހާއިރު، ދޮރު ހުޅުވަންދެން އިންތިޒާރުގައި ހުރެއެވެ. ނަމަވެސް އެންމެ ދުވަހަކުވެސް ދަރިފުޅަށް ކާއެއްޗެހި ފޯރުކޮށްދިނުމުގައި މި މަންމަ ހިތްވަރު އެލުވައެއް ނުލައެވެ. މިގޮތުގައި އޭނާ އުޅެމުންދާތާ އެތައް އަހަރެއް ވަނީ ވެފައެވެ.

މިކަމުންވެސް އެނގިގެންދަނީ މަންމައަކު ދަރިއަކު ދެކެ ލޯބިވާމިންވަރު ނޫންތޯއެވެ؟

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސުވާލު

  ދަރި ކީއްވެބާ އެވަރުން އުޅޭ މަންމަ ދެކެ ހިންހަމަ ނުޖެހެނީ. އެގެޔަށް ނުވައްދަނީ.

 2. މަރީ

  ތިކަހަލަ ލޯބި އެކަހަލަ ރަހުމެއް ނެތް ދަރިން ދެކެ ވާނެ ކަމެއް ނެތް..

 3. ނިހާ

  މީގެން އިނގެނީ އެ އަންހެން މީހާގެ ކަންނެތްކަން، މަންމައަށް އަޅާނުލާ އިހްތިރާމް ނުކުރާކަން

 4. ޑިމޮކްރަޓިސްޓް

  ހާދަ ލަދުހަޔާތްކުޑަ ދަރިއެކޭތީ.. އެދައިތަ އެހާލުން ގެންނައެތިކޮޅު ދިރުވާލައިގެން އެދައިތަ ގޭތެރެޔަށް ނުވައްދާ، ދޮރުލައްޕާ ތަޅުލާއިރު ލަދުކޮބާ؟

 5. އާސާ

  ހާދަނުލަފާ ދަރިއެކެެެެދޯ