ބޮލީވުޑްގެ ލޯބީގެ ޖޯޑެއްގެ ގޮތުގައި، ގިނަބަޔަކު ގަބޫލުކުރަމުން އަންނަ ދެ ތަރިންގެ ގޮތުގައި، އަޖޭ އާއި ކާޖަލް ހިިމެނެއެވެ. މި ދެތަރިންގެ ކައިވެންޏަށްވެސް ގިނަ އަހަރުތަކެއް ވެދާނެއެވެ.

ދާދި ފަހުން އަޖޭ މި ވަނީ، އެތައް ބަޔަކު ހައިރާންކޮށްލި ވަރުގެ ކަމެއްކޮށްފައެެވެ. އަނބިމީހާ ކާޖަލްގެ ނަމްބަރުކަމަށް ބެލެވޭ މީހެއްގެ ނަމްބަރު އޭނާ ޓްވިޓާގައި މި ވަނީ ހިއްސާކޮށްފައެެވެ. އެ ޓްވީޓްގައި އޭނާ ލިޔެފައި ވަނީ، ކާޖަލް ގައުމުގައި ނެތް ކަމަށާއި، އޭނާއާ ކޯޑިނޭޓް ކުރުމަށް، ނަމްބަރަށް ގުޅާލުމަށެވެ.

އަދިވެސް އެ ޓްވީޓް އިން ކަމަށް ވެއެވެ. ބެލެވޭގޮތުގައި، އަޖޭގެ ޓްވިޓާ އައިޑީ ވަނީ ހެކްކޮށްފައެވެ. އަދި އަޖޭގެ އިންސްޓަގްރާމް އާއި ފޭސްބުކް މިފަދަ މެސެޖެއް އޭނާ ދީފައިނުވާއިރު، އެއީ ކާޖޮލްގެ ނަމްބަރު ކަމެއް ކަށަވަރުވެފައެއް ނުވެއެވެ.

އެހެން ނަމަވެސް އެއީ ކާޖަލްގެ ނަމްބަރު ނަމަ ފޯނު ނިއްވާލާފައި ބޭއްވުމަށް ގިނަ ބަޔަކު ދަނީ ކާޖަލްއަށް އަންގަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ދާދިފަހުން ގިނަ ތަރިންތަކެއްގެ ޓްވިޓާ އައިޑީތައް ވަނީ ހެކްކޮށްފައެވެ. އޭގެ ތެރޭގައި އަބިޝޭކް ބަޗަން، އަނޫޕާ، ކްރިތީ ސަނޮން ހިމެނެއެވެ.

ކާޖަލް އުޅެނީ އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނެ އެއް ފިލްމް ކަމުގައިވާ ހެލިކަޕްޓަރ އީލާގެ ޕްރޮމޯޝަންގެ މަސައްކަތުގައެވެ. އަދި އަޖޭ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ، މި އަހަރު ނެރުނު ފިލްމް ރެއިޑް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު