އޮސްޓްރޭލިއާގެ ކުއީންސްލޭންޑަށް މިދިޔަ ހަފްތާއިން ފެށިގެން ކުރަމުންދާ ވިއްސާރައިގައި، އެ ސްޓޭޓުގެ އަވަށަކަށް ހޮނު އެޅުމުގެ ސަބަބުން ބައެއް ފަރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ހާދިސާގައި މީހަކަށް އަނިޔާ ނުވީނަމަވެސް، މިއީ އެތައް ބަޔަކަށް ހިތްދަތިކަން ގެނުވި މަންޒަރެކެވެ.

މި މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ހޮނުއެޅުމުގެ ހާދިސާގައި ގެރި ފާމެއްގައި ގެންގުޅެމުންދިޔަ ގިނަ ޢަދަދެއްގެ ގެރިތަކެއް މަރުވެފައިވާ މަންޒަރު ފެނެއެވެ. މި ގެރިތައް މަރުވީ އެ ސަރަޙައްދަށް ހޮނުއަޅަން ފެށުމުން ބިރުން ގޮސް އެތަނުގެ ވަށައިގެން ދަމާފައި ހުރި ނަރުތަކުގެ ކައިރީގައި ތިއްބައި ކަމަށް އެތަނުގެ ވެރިޔާ ބުނެފައި ވެއެވެ.

އެ ނަރުތަކަކީ ކަރަންޓު ދީފައިހުރި ނަރުތަކެއް ނޫންކަމުން ގެރިތައް މަރުވީ ހޮނުއެޅުމުން ކަން ވަނީ ޔަޤީން ކުރެވިފައެވެ. މީގެ ކުރިން ބައެއް ރަސްމީ ފަރާތްތަކުން ބުނަމުންދިޔައީ ގެރިތައް މަރުވީ ވިހައެއް ބޮވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

މި ހާދިސާގައި ޖުމްލަ ހަ ގެރި މަރުވިއިރު ހޮނުއެޅި ވަގުތުގައި ހުރިހާ ގެރިތަކަށް ހާޓް އެޓޭކް ޖެހިފައިވާކަން ވެސް ފަހުން ހެދި ޓެސްޓުތަކުން ވަނީ ދައްކާފައެވެ.

2016 ވަނަ އަހަރު ނޯވޭގައި ހިނގި ހޮނުއެޅުމުގެ ހާދިސާގައި މަރުވި ފުއްލާތަކެއް

2016 ވަނަ އަހަރު ހިނގި މިފަދަ ހާދިސާއެއްގައި ވެސް، ހޮނުއެޅުމުގެ ސަބަބުން 300 އަށްވުރެ ގިނަ ފުއްލާ މަރުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދެން ހާދަ ހިތްދަތި މަންޒަރު ތަކެކޭ ދޯ. ???

  2. ކަލެއްގެ ކުޅަދުންވަންތަކަމާއެވެ! ދުނިޔެއަގެން ތެޅިބާލާ މީހުން ޢިބްރަތް ލިބިގަތުން ހުއްޓެވެ.

  3. ޕޮޓޯ އިންފެންނަނީ އޫރް އެވެ.