މިއީ ދެ ހަތުރުންނެވެ. މައާފް ކުރުމެއް ނެތް ކަހަލައެވެ. ލޯބީގެ މައްސަލައެއްގައި ދެ ތަރިން އެކަކު އެނެކަކާ ވާހަކައެއް ނުދައްކައެވެ. އެކަމަކީ މީގެ އެތައް އަހަރެއް ކުރިން ދިމާވި ކަމެކެވެ.
މި ދައްކަނީ ދިޕިކާ ޕަދުކޯން އާއި ކެޓްރީނާ ކައިފްގެ ވާހަކައެވެ. މި ދެތަރިންގެ ދެމެދުގައި މައްސަލަ ޖެހެން ފެށި ދިޕިކާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު އާއި ކެޓްރީނާގެވެސް ކުރީގެ ލޯބިވެރިޔާ ރަންބީރުއާ ދެ މީހުންގެ ގުޅުން ފެށުނު ހިސާބުންނެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ރަންބީރް ދިޕިކާ އާއި ރައްޓެހިވެގެން އުޅެމުން ކެޓްރީނާ ކައިރިއަށްދިޔައީއެވެ.
އެ މައްސަލާގައި އަދިވެސް ދިޕިކާ ކެޓްރީނާއަށް މައާފް ނުކުރާކަން ހާމަވެފައި ވަނީ ދިޕިކާގެ ކައިވެނީގެ ހަފްލާއަށް ކެޓްރީނާއަށް ދައުވަތު ނުދޭނެކަމަށް ބުނުމުންނެވެ.
ނަމަވެސް މިހާރު މި ތަރިންގެ ގުޅުމަށް ބަދަލެއް އައިސްދާނެހެން ހީވާ ކަހަލަ ނިޝާންތަކެއް ފެންނަން ފަށައިފިއެވެ. އެއީ ދިޕިކާ ވަރަށް ފަހުން މީސްމީޑިޔާއަށް ލި ފޮޓޯއަކަށް ކެޓްރީނާ މި ވަނީ ލައިކެއް ދީފައެވެ. މިއީ ހަތުރުން ކުރާނެ ކަމެއް ނޫންކަމަށް އެއްބަޔަކު ބުނަމުން ދެއެވެ.
ދިޕިކާ އިންސްޓަގްރާމް ކުރި އެ ފޮޓޯއަށް ކެޓްރީނާ ލައިކް ދިން ނަމަވެސް ގުޅުން ރަނގަޅުވެދާނެހެން ހީނުވާކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.
އެހެންވި ނަމަވެސް ފަހުންވާނެ ގޮތެއް އެއްވެސް މީހަކަށް ނޭގޭނެއެވެ. މައާފް ކުރުމަކީވެސް އޮތް ކަމެކެވެ.
ކޮން ފޮޓޯއެއްކަން ބުނެލި ނަމަ