މުޅި "ކަޕޫރް" އާއިލާގެ ވެސް ދުނިޔޭގައި ހުރި އެންމެ ދޮށީ އަދި ބޮލީވުޑް އެކްޓަރު ރާޖް ކުމާރުގެ އަންހެނުން ކްރިޝްނާ ރާޖް މަރުވެއްޖެއެވެ.

ކްރިޝްނާ މަރުވި ޚަބަރު އާންމުކުރުމަށް އޭނާގެ ދަރިއަކު ކުރި ޓުވީޓުގައި ބުނެފައިވަނީ ކްރިޝްނާ މަރުވެފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކްރިޝްނާއަށް ނޭވާ ލުމަށް އުނދަގޫތަކެއް ކުރިމަތިވާތާ ދުވަސްކޮޅެއް ވެއްޖެކަމަށާއި ނަމަވެސް އޭނާ މަރުވީ ޤުދުރަތީ މަރަކުން ކަމެއް ނުވަތަ ނޫންކަމެއްވެސް އަދި ކަށަވަރުވެފައި ނުވާ ކަމަށެވެ.

މި ހިތާމަވެރި ޚަބަރާއިއެކު މުޅި ބޮލީވުޑަށް ވެސް ވަނީ ފުން ހިތާމައެއް ގެނުވާފައެވެ. އެއީ "ކަޕޫރް" އާއިލާއަކީ އެތަކެއް ފިލްމީ ތަރިންތަކެއް އުފެދިފައިވާ ބޮޑު އާއިލާއަކަށްވެފައި އާއިލާގެ އެންމެ ދުވަސްވީ ފަރާތް މަރުވުމުންނެވެ. އެހެންވެ، މިހާރުވެސް ގިނަ ބޮލީވުޑް ތަރިންތަކެއް ދަނީ މި ހިތާމައިގައި ބައިވެރިވެ އާއިލާއަށް ތައުޒިޔާގެ މެސެޖްތައް ފޮނުވަމުންނެވެ.

1988 ވަނަ އަހަރު ރާޖް ދުނިޔެ ދޫކޮށްފައިވާއިރު، ކްރިޝްނާ ވަނި އެކަނި މާ އެކަނި އެދެމަފިރިންގެ ފަސް ދަރިން ބަލާ ބޮޑުކޮށްފައެވެ. އެދެމަފިރިންގެ ދަރިންތަކުގެ ތެރޭގައި ހިމެނެނީ އެކްޓަރު ރިޝީ ކަޕޫރް، ރަންދިރް ކަޕޫރް، ރިތޫ ކަޕޫރް، ރިވާ ކަޕޫރް އަދި ރާޖިވް ކަޕޫރެވެ.

އޭގެ އިތުރުންވެސް ކްރިޝްނާ އަކީ އެކްޓްރެސް ކަރީނާ ކަޕޫރާއި ކަރިސްމާ ކަޕޫރާއި އަދި އެކްޓަރު ރަންބިރް ކަޕޫރްގެ މާމައެވެ.

ކްރިޝްނާ މަރުވިއިރު އޭނާގެ އުމުރަކީ 87 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނޫން

  ފަސްދަރިން ބަލާބޮޑުކުރީ އެކަންޏެއް ނޫން. ފިރިމީހާ މަރުވިއިރު އެ ދަރިންތައް ތިބީ ބޮޑެތިވެ މީހުންނާވެސް އިންދެފަ.

 2. އާޝިޔާ

  ރާޖް ކުމާރެއް ނޫން ރާޖް ކަޕޫރްގެ އަންހެނުން. ރަނގަޅުކޮށްލައްވާ

 3. އީމް

  انا لله و انا الیه راجعون

 4. ކްރޯޑް

  ޜާޖުކަޕޫރު މަރުވި އިރު އެންމެ ހަގު ދަރިވެސް ވަނީ ފިލްމީ ދާއިރާގަ މަސައްކަތް ކުރަން ފަށާފަ އެހެންދަރިންތައް ވަނީ މީހުނާ އިދެ ކާފަ ދަރިންވެސް ލިބިފަ މިސާލަކަށް ކަރީނާ ކަރިޝްމާ ރިދިމާ ރަންބީރުވެސް ވަނީ ލިބިފަ ދެން ެެއެކަނިމާ އެކަނި ކޮންބައެއް ބަލާބޮޑުކުރި ވާހަކައެއްބާ ލިޔެފަ މިވަނީ އަހަރެމެނަށް ހަގީގަތް ނޭގޭ ކަންތަކުގެ ޚްބރު ހުންނޤނެ ގިތް ދެން ވިސްނާލާ