ގދ. މަޑެވެލީގައި 23 އަހަރުގެ ޒުވާން ފިރިހެނަކު 47 އަހަރުގެ އަންހެނަކާއި ކައިވެނިކޮށްފިއެވެ.
މަޑެވެލީގެ ރައްޔިތަކު "ވަގުތު"އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ކައިވެނިކުރި 47 އަހަރުގެ އަންހެން މީހާއަކީ މީގެ ކުރިން ކައިވެންޏެއް ކޮށްފައިވާ މީހެއް ކަމަށެވެ. އަދި އެކައިވެންޏަށް ދަރިންވެސް ލިބިފައިވާއިރު އެ އޭގެތެރެއިން ބައެއް ކުދިން ކައިވެނިކޮށްގެން މިހާރު ދަރިންވެސް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
އެ އަންހެން މީހާ އާއި ކައިވެނިކުރި 23 އަހަރުގެ ޒުވާނާއަކީ މީގެ ކުރިން ކައިވެންޏެއް ކޮށްފައިވާ މީހެއް ނޫނެވެ. އެ ދެމީހުން ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅިގެން ގިނަ ދުވަސްތަކެއްވަންދެން އުޅުމަށް ފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެ ދެމީހުން ނިސްބަތްވަނީ ކޮން ރަށަކަށް ކަމެއް ކަށަވަރު ކުރެވިފައެއް ނުވެއެވެ.
މި ދެމީހުންގެ ކައިވެނި ކޮށްފައިވަނީ ދެ ފަރާތުގެ އާއިލާގެވެސް ނުގަބޫލުގައި ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ. މި ކައިވެންޏާއި ގުޅޭގޮތުން އާއިލާގެ ބައެއް ނުވަތަ ކައިވެނި ކުރި ދެމީހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.
ޒުވާން ފިރިހެނުން، އުމުރުން ދޮށީ އަންހެނުންނާއި ކައިވެނި ކުރުމަކީ ރާއްޖޭގައި މަދުން ނޫނީ ކޮށް އުޅޭ ކަމެއް ނޫންކަން ފާހަގަކޮށްލެވެއެވެ.
ކޮބާ މައސަލައަކީ؟ މިވެސް ހަބަރަށްވީތަ؟
ދެން ކޮބާ މައްސަލައަކީ؟
މައްސަލައެއްނޫން ލޯތްބަކީ ވަކިއުމުރެއްގެ މީހަކުދެކެ ވެވޭ އެއްޗެއްނޫން
ކޮބާތަ މައްސަލައަކީ
އެހެނެ ކެޔަކެވޫ! ?
ދެން ކޮބާތަ މައްސަލައަކީ؟ ދިވެހިން ފަރަންޖީން މިކަހަލަ ކަންތައް ކުރީމަ ނުލާހިނު ފޯރީގަ ސަނާ ކިޔާ އުޅޭނެ! ނުބެހެވޭ ކަމެއް ނޯންނާނެ
ބާއްޖަވެރި ކައިވެންޏަކަށް އެދެން
"މަދުން ނޫނީ ކޮށް އުޅޭ ކަމެއް ނޫންކަން ފާހަގަކޮށްލެވެއެވެ. ކީކޯލަ؟
???
މައްސަލައެއް ނޫން
މިހާރުއުޅޭ ޒުވާން އަންހެން ކުދިން ކަމަކުނުދޭ... އަބަދުފޯނާކުޅުން ކަމަކީ.. ފިރިމީހާ ކޭތޯވެސް ގިނަފަހަރު ނުބަލާ... 47 ރަނގަޅުހަމަ
އެހެން ވިއްޔާ އޭނަ މަންމަ އާ ކައިވެނި ކުރިނަމަ.
ތީ ކިޔަންޖެހޭ ކަހަލަ އެއްޗެއްނޫން ދޯ!
ކަލެޔަށް ކިޔޭ ނުކިޔޭ އެއްވެއްވެސް ނޭންގޭތަ ގަމާރު
އޭނަ އިނީ އޭނަ ބޭނުންވާ މިހަކާ. އެހެން މީހުނާ ބެހޭ ކަމެއް ނޫން އެއީ. އެމީހެއްގެ ބައިވެރިޔާ އިޚުތިޔާރުކުރާނީ އެމީހަކު.
ދެންކީތަ!!!
ވާއު! ކޮންގްރެޓްސް. ހީކުރަން ތިލޯބި ފަނޑުނުވެ ދެމީހުން އެކުގައި މުޅީހަޔާތް ވޭތުކުރާނެކަމަށް. އަދި މުޅި ރާއްޖެއަށް ނަމޫނާ ދައްކާނެ ކަމަށް.
ކޮބާ މައްސަލަޔަކީ؟
ކަލޭމެނާ ކޮން ބެހޭ ކަމެއްތަ ދެން. ޢުފާ ކޮށްބަލަ ކައިވެނި ކުރީތީވެސް. މީހުންގެ ޕާސަނަލް ކަންކަން ޕަބްލިކް ކޮށްލާހިތްވާނެ މި މީހުން ނިކަން...
ކޮބާ ފޮަތޯ
ރަސޫލުﷲގެފާނު ޚަދީޖަތުގެފާނާ ކައިވެނި ބައްލަވައިގެންނެވީ އެކަލޭގެފާނުގެ އުމުރުފުޅުން 25 އަދި އެކަމަނާގެ އުމުރުފުޅުން 40 އަހަރުފުޅުގައި. ޢަދި އެއީ މިދުނިޔެ ދުށް އެންމެ ރީތި ލަވްސްޓޯރީ.
މަގޭ މިހާރުގެ ފިރިމީހާޔާވެސް މައިނީ އޭނާޔަށް 23 އަހަރުގަ. އޭރު މަށަށް 44. ދުވަހަކުވެސް މައްސަލައެއް ނުޖެހޭ. ލިބުނީ 3 އަންހެން ކުދިން. މިހާރު 3 ކުދިން ކިޔަވައިގެން ރަނގަޅު ވަޒީފާތކުގ. ޢަހަރުމެންގެ ހަޔާތަކީ އުފާވެރި ބާއްޖަވެރި ހަޔާތެއް. ާއަލްޙަމްދު ލިއްލާހި. ވީމާ ތިޔައީ އެއްވެސް މައްސަލައެއް ނޫން. ތިޔަދެމަފިރިންނަށް ބާއްޖަވެރި ޙަޔާތަކަށް އެދެން.
މައްސަލައެއް ނޫން. ކީރިތި ( ސ ) ވެސް 25 އަހަރުފުޅުގައި 40 އަހަރުފުޅުގެ ބޭކަނބަލަކާ ކައިވެނި ބައްލަވައިގެންނެވި.
އައްދިއްޔޯއިީ.... ހަމަ އަސަރެއް ކޮއްލާނީ. ހުދާޔަށް ބާއްޖަވެރި ދުވަސްތަކަކަށް އެދެން
ކޮބައިތަ މައްސަލައަކީ...
މިއީ އަޅުގަނޑު ބުނާ ތަރައްގީއަކީ . ވެއާޒް މައި ވޯޓްސް
ދެން؟
ޕުރިޔަންކާ އެކަނިތަ ވަކި ކައިވެނި ކުރެވެނީ ޅަކުދިންނާ
ކީރިތި ރަސޫލާ ވެސް ދެއްތޯ
ކޮބާ ރަނގަޅު
އަންހެނުން ނަށް ލިބުނު ކުރިއެރުމެއް ނުން މީ
ޢޯކޭވާނެ
ނީންދެ އެ ދެމީހުން އުޅޭނެހާ ގޮތަކަށް އުޅުނިއްޔާ ނޫހަކަށް ނާރާ! ޢެ ނުވޭ މައްސަލައަކަށް. ޢިނީމަ ފާޑު ކިޔަނީ! ޢަޖައިބު! ޒުވާނަކަސް މުސްކުޅިއަކަސް ޢިއްފަތްތެރިކަމާއެކު އުޅެވުނީމަ ނިމުނީނު! ފާޑު ކިޔަންޖެހޭ ތަންތާ ފާޑު ކިޔާ!
މިކަމަކީ މީގެ 1400 އަހަރުކުރިންވެސް އަހަރުމެންނަށް ފެނި ދަސްވެފަ އޮތް ކަމެއްް
ޢެއްވެސް މަސަލައެއް ނެށް ވަރަށް ރަނގަޅު ކަމެށް
70 އަހަރުގެ ފިރިހެނަކު ހެޔޮދޯ 20 އަހަރުގެ އަންހެނަކާ ކައިވެނި ކުރިއަސް އުމުރުގެ ތަފާތު ނައްތާލެވޭ ޓެކްނޮލިޖީގެޒަމާން މީ ކަލޭމެން ހާދަ ފަހަތުގަ ތިއުޅެނީ
ޢޭޖް ޑަސް ނޮޮޓް މެޓާ ލަވް
ކޮންގްރެޓްސް❤️
ބުރޯ ތި ސަޅިޔޭ.....?
މަރުހަބާ......................
ބުރޯ ތި ސަޅިޔޭ.....?
ވަރައް ރަގަނޅު ކަމެއް އޭނަ އެކުރީ