ދިގު އިންތިޒާރަކަށް ފަހު އައިސްޓީވީގެ ލިޓަސް ހޯމް ސެންޓަރ ޕްރެޒެންޓްސް އަޒޯނާ ގެ ދެވަނަ ސީޒަން 11 ފަށަން ތައްޔާރުވެއްޖެއެވެ.

އެ ގޮތުން މި ޝޯވގެ ފުރަތަމަ އެޕިސޯޑް މާދަމާ ރޭ 23:00 ގައި ޕްރިމިއަރ ކުރާނެއެވެ.

އަރަމުން އަންނަ ފިލްމީ ތަރި މަރިޔަމް އައްޒަ ހޯސްޓްކޮށް ގެނެސްދޭ މި ޝޯގެ ދެވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑުން ފެނިގެންދަނީ މިއަހަރުތެރޭ ސޯޝަ ލްމީޑިއާ އެޕް މިއުޒިކަލީ ނުވަތަ ޓިކްޓޮކް މެދުވެރިކޮށް ގިނަބައެއްގެ ތަރުހީބު ހޯދާފައިވާ ޝަޒީލާ އާއި ސްނެޕްޗެޓް ފިލްޓަރއެއްގެ ފުރަގަހުގައި ސޯޝަލް އިޝޫޒްތަކަށް ހޭލުންތެރިކުރުމުގެ މެސެޖްތަކެއް މަޖާގޮތަކަށް ގެނެސްދީ ބެލުންތެރިން ހެއްވާލާފައިވާ އަދި މުޅި ރާއްޖޭގެ ގިނަބައެއްގެ ހޫނު ތަރުހީބެއް ހޯދާފައިވާ ކާއްޓޭ ޑި ވާންޗޯއެވެ.

https://www.facebook.com/icetv100/videos/484639252019324/

މި ބުރާސްފަތި ދުވަހުގެ ރޭ ފަށާ މިސީޒަންގެ 12 އެޕިސޯޑް ގެނެސްދިނުމަށް ހަމަޖެހިފައިވާ އިރު މުޅިއަކު 24 ގެސްޓުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

https://www.facebook.com/icetv100/videos/2078469095539178/

ކުރިއަށް ހުރި އެޕިސޯޑްތަކުން ރާއްޖޭގެ ފުންނާބު އުސް ފިލްމީ ތަރިންނާއި ލަވަކިއުންތެރިންގެ އިތުރުން މިހާރު އެންމެ ވިދަމުން އަންނަ ފަންނާނުން ފެނިގެންދާނެ ކަމަށް އައިސްޓީވީން ވަނީ ބުނެފައެވެ.

މިފަހަކަށް އައިސް ގިނަ އެންޓަރޓެއިންމެންޓް ޝޯތަކެއް ގެނެސްދެމުންދާ އައިސްޓީވީން އެންމެ ފަހުން ގެނެސްދިން ކާމިޔާބު 2 ޝޯވް ކަމަށްވާ މީހުންގެ ވާހަކަ އަދި ލޯބިންގެ އެޕިސޯޑްތަކުގެ ރިޕީޓްވެސް މި ބުރާސްފަތި ދުވަހަށް ފަހު ގެނެސްދޭން ފަށާނެކަމަށްވެއެވެ.

އައިސް ޓިވީން ބުނިގޮތުގައި، އަޒޯނާގެ މި ޝޯވ މާދަމާ ފަށާއިރު، އައިސް ޓީވީގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށްންނާއި، ފޭސްބުކް ޕޭޖް މެދިވެރިކޮށް ލައިވްކޮށް ބަލާލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙާމް

    ސީރިއަސްލީ މަ ފޭވަރިޓް ޓިކްޓޮކް ސަޒީލާ އަކީ ކޮންމެހެންވެސް ތިއެޕިސޯޑް ބަލާނަން. އަދި ދުވަހަކުވެސް ޔިކިޔާ ޕްރޮގްރާމް ލޮލުންވެސް ނުދެކެން.

  2. Anonymous

    ކާއްޓޭ.???