"ތޭވާ" އާއި "ރީޔުނިއަން" ފަދަ ،މަޝްހޫރު ފިލްމުތަށް ޑައިރެކްޓް ކޮށްދީފައިވާ ކުޅަދާނަ ޑައިރެކްޓަރ އަމިތް ޝަރުމާގެ ފިލްމު "ބަދާއި ހޯ" ގެ އާ ލަވައެއް ނެރެފިއެވެ.

އެފިލްމުގެ ފުރަތަމަ ދެ ލަވަ މިދިޔަ މަހު ނެރުނުއިރު އެފިލްމުގެ ތިން ވަނަ ލަވަ އާންމުނަށް ދޫކޮށްލީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ކާމިޔާބު ތިން ލަވައަށް ފަހު އެ ފިލްމުގެ ހަތަރުވަނަ ލަވަ އާންމުންނަށް މިހާރު ދޫކޮށްލާފައިވާއިރު އެލަވައަށް ވެސް އަަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

އެ ފިލްމުގެ ހަތަރު ވަނަ ލަވައަށް ކިޔަނީ "ސަޖަން ބަޅެ ސެންޓި"އެވެ. ކުޅަދާނަ ދެ ލަވަކިޔުންތެރިން ކަމަށްވާ ދޭވް ނެގީ އާއި ހަރްޖޯތް ކޯރް ކިޔާފައިވާ އެލަވައިގައި އިންޑިއާގެ މީހުން ފާހަގަކުރާ ގޯދް ބަރާއީއާ (ބޭބީ ޝަވާ) ހަފްލާގެ ބައެއް މަންޒުތަކުގެ އިތުރުން އަޔުޝްމަން އާއި ސަންޔާ ލޯބީގެ ގުޅުންވެސް ފެނިގެންދެއެވެ. ފެނިގެންދެއެވެ.

އަޔުޝްމަން ކުރާނާ އާއި ސަންޔާ މަޅޯތްރާ ލީޑު ރޯލުން ފެނިގެންދާ "ބަދާއި ހޯ" މިމަހު 19 ގައި ނެރުމަށް ނިންމާފައިވާއިރު ފިލްމުގެ ޓްރެލާ ވަނީ މިދިޔަ މަހު 11 އާންމުކޮށްފައެވެ. ފިލްމުގެ ޓްރެއިލާވެސް ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު ޓްރައިލާގައި ފެނިގެންދަނީ އަޔުޝްމަންގެ މަންމަ ބަނޑުބޮޑުވެގެން އުޅޭ މަންޒަރެވެ. އަދި އެހަބަރާ ގުޅިގެން މުޅި އާއިލާއަށް ކުއްލި ޝޮކެއް ލިބިފައިވާއިރު އެއުމުރުގައި މާމައަކަށް ވުމުގެ ބަދަލުގައި މަންމަ އަށް ވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަޔުޝްމަންގެ މަންމަ އަށް އަމާޒުވެފައެވެ.

"ބަދާއި ހޯ" އެފިލްމަކީ ކޮމެޑީ ފިލްމެކެވެ. ފިލްމުގައި އަޔުޝްމަންގެ މަންމަގެ ރޯލުން ފެނިގެންދަނީ ނީނާ ގުޕްތާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮން

    ކޮން ޗެނަލް އަކުން