ހަނީމޫން އަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ކައިވެންޏަށްފަހު އަލަތު އަނބިމީހާ ނުވަތަ ފިރިމީހާއާއިއެކު އަރާމާއި އުފަލުގައި އުޅެލަން ބޭނުންވާނޭ ދުވަސްކޮޅެކެވެ. މިގޮތުން ގައުމުން ބޭރަށް މުޅިން އެހެން ސަރަހައްދަކަށް ދަތުރުކޮށް އާ ތަންތަން ބަލައި ތަޖުރިބާކުރުމަކީ ވަރަށް ގިނަ ބަޔަކު ހަނީމޫން ހޭދަކުރާ ގޮތެކެވެ.

ހަނީމޫނަށް ދުނިޔޭގައި އެންމެ ނަން މަޝްހޫރު ތަންތަނުގެ ތެރޭގައި ދިވެހި ރާއްޖެ އަދި ފަރަންސޭސިވިލާތުގެ ޕެރިސްވެސް ހިމެނޭއިރު އެ ލިސްޓަށް އެދަނީ ކުރިން ފާހަގަކޮށްނުލެވޭ އެކަމަކު އަޖައިބުކުރުވާހާ ރީތިކަމެއް ލިބިފައިވާ އެތަކެއް ރަށްރަށަކާއި ސަރަހައްދުތަކެއް އިތުރުވަމުންނެވެ. މިތަނުން އެއް ތަނަކީ އިޓަލީގެ ޓަސްކެނީ ސަރަހައްދެވެ.

އެ ސަރަހައްދަކީ އިޓަލީގެ ވެނިސް ފަދަ މަޝްހޫރު ކަމެއް ލިބިފައިނުވާ ސަރަހައްދަކަށް ވިޔަސް އެއީ ރީތިކަމުގެ ގޮތުން ވެނިސްއަށް ވެސް ގޮންޖަހާލާވަރުގެ ސަރަހައްދެކެވެ. ޓަސްކެނީ އަކީ ރޯމަނުންގެ ރަސްކަމުގެ ދުވަސްވަރުގެ އާސާރީ އެކި ބިނާތައްވެސް އެންމެ ގިނައިން ފެންނަން އޮންނަ އެއް ސަރަހައްދެވެ. އަދި މަޝްހޫރު ލީނިންގް ޓަވާރވެސް ހުންނަނީ ޓަސްކެނީ ސަރަހައްދުގެ ރަށެއްކަމުގައިވާ ޕީޒާގައެވެ. އިޓަލީގެ އިތުރުން މުޅި ދުނިޔޭގެވެސް އެންމެ ރީތި، އާސާރީ އަދި ސާފުތާހިރު އެއް ރަށްކަމުގައިވާ ފްލޯރެންސް އަކީވެސް ޓަސްކެނީ ސަރަހައްދުގެ ރަށެކެވެ.

އިޓަލީގެ ސެންޓަ މަރިއާ ނޮވެލާ އަދި ބާގެލޯ ފަދަ މަޝްހޫރު ގަނޑުވަރުތަކާއި އާސާރީ ބިނާތަށްފަދަ ތަންތަނުން ޓަސްކެނީ ފުރިފައިވާއިރު އެއީ ނާސްތާކުރުމަށްވެސް އިޓަލީގެ އެންމެ މަޝްހޫރު އެއް ސަރަހައްދެވެ. ޓަސްކެނީ އަކީ ގުދުރަތީގޮތުންވެސް އާދަޔާޙިލާފް ރީތިކަމެއް ލިބިފައިވާ ސަރަހައްދެކެވެ. އަމަންއަމާންކަމާއި ހަމަހިމޭންކަމަކީ އެ ސަރަހައްދުގެ ކޮންމެ ރަށެއްގައިވެސް ތަޖުރިބާކޮށްލަން ލިބޭ ކަންކަމެވެ. އާޓް ގެ ދާއިރާގެ އެންމެ މަޝްހޫރު އެއް ފަރާތްކަމުގައިވާ މައިކަލްއެންޖެލޯގެ އެންމެ ފާހަގަކޮށްލެވޭ ބައެއް މަސައްކަތްތައްވެސް ޓަސްކެނީއިން ފެނިގެންދާނެއެވެ.

ވީމާ، އެންމެ އަވަހަށް ކައިވެނިކުރަން ހުރި އެކުވެރިޔެއްގެ ގާތުގައި ޕެރިސް އަށް ހަނީމޫން ހޭދަކުރަން ދިޔުމުގެ ބަދަލުގައި ދުވަހަކުވެސް ނުދެކޭހާ ރީތިކަމަކުން އަޖައިބުވުމަށްޓަކައި އިޓަލީގެ ޓަސްކެނީއަށް ޒިޔާރަތްކުރަން ނަސޭހަތްދޭށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅިޔަންބެ

    ހަނީމޫނު ހަދަންދާންވީ ރާއްޖެއަކައް ނޫން. އެތާގެ ރައީސް އުޅެނީ ވެރިކަމާހެދީ ބޫތުކައިގެން، އޭނަޔައް ސަޕޯޓު ނުކުރާ އެންމެން ޖަލައްލާންވެގެން ކުއްލި ހާލަތް ގައުމައް ގެނެއްސަ.

    • ޓީޝާޓް

      އެތަނުގެ ރައީސް އެކަންޏެއްނޫން.. ސިޔާސީ ހުރިހާ ލީޑަރުން އުޅެނީ ވެރިކަމާ އަމިއްލަ ފައިދާއަށް.