އޭލިއަނުންނަކީ ހަޤީޤަތުގައިވެސް ކައުނުގެ ކޮންމެވެސް ހިސާބެއްގައި އުޅެދާނެ އެއްޗެއް ކަމާއި މެދު ސައިންސްވެރިންގެ ޚިޔާލު ތަފާތެވެ. އެހެނަސް ޒަމާނުއްސުރެ ޤަބޫލުކުރެވޭ ޤަބޫލުކުރުންތަކަށް ބަލާއިރު، ދުނިޔެއިން ބޭރުގެ ކޮންމެވެސް ގުރަހައެއް ނުވަތަ ހަނދެއްގައި އޭލިއަނުން ވެދާނެއެވެ. މިކަމަށް ހެކިދޭ ބައެއް ކަންކަން މީގެ ކުރިން ފެނުނު ނަމަވެސް، އަދި އެކަން ޔަޤީން ކުރެވޭނެ ހެއްކެއް ފެނިފައި ނުވެއެވެ.
ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) ގައި ދުނިޔެއާއި އިންވެގެން އޮންނަ މިއްރީޚު (މާސް)ގެ ކަންކަން ދިރާސާކުރުމަށް މީގެ އަހަރުތަކެއް ކުރިން އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ވަނީ އުޅަނދެއް ފޮނުވާފައެވެ. މި އުޅަނދު މެދުވެރިކޮށް ދުނިޔެއަށް އެ ގުރަހަ (ޕްލެނެޓް) ގައި ނަގާފައިވާ ފޮޓޯތަކާއި މަޢުލޫމާތު ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ނަގާފައިވާ ފޮޓޯއެއްގައި، އޭލިއަނުންގެ ކަށިތައް ކަމަށް ބެލެވޭ އެއްޗެއް ފެންނާން ހުރި ހުރުން ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.
މިއްރީޚު އަކީ މީގެ ކުރިން ދިރުންތަކަށް އެކަށީގެންވާ މާޙައުލެއް އޮތް ގުރަހައެއްކަމަށް ބެލެވިފައި އޮތްއިރު، އެ ގުރަހައިގައި ކުރިން ދިރިންތައް އުޅުނުކަމަށް ބައެއް ސައިންސްވެރިންނަށް ޤަބޫލުކުރެވެއެވެ. ދުނިޔޭގެ ދިރުންތައް ފިޔަވާ ކައުނުގެ އެހެން ހިސާބެއްގައި ދިރުމެއް ވާނަމަ އެ ދިރުމެއް ވެގެންދާނީ އޭލިއަން ދިރުމަކަށް ކަމަށް އެފަރާތްތަކުން ޤަބޫލުކުރާއިރު، މާސްއިން ނަގާފައިވާ ފޮޓޯއިން ފެނުނު "އޭލިއަން ކަށި" ވެގެން ގޮސްފައިވަނީ މި ޤަބޫލުކުރުންތަކަށް ލިބުނު އިތުރު ބާރެކެވެ.
މި ފޮޓޯ އާއި ގުޅޭގޮތުން އެކި މީހުން އެކި ވާހަކަތައް ދައްކަމުންދާއިރު، ބައެއް ފަރާތްތަކުން ބުނަނީ މާސް އިން ފެނުނީ އޭލިއަނެއްގެ ބޮލުގެ ކަށިގަނޑު ކަމަށެވެ. އަދި އެ ކަށިގަނޑު އޮތީ "އޭލިއަނުންގެ ގަބުރުސްތާނެއް" ގައި ކަމަށްވެސް އެފަރާތްތަކުން ދަނީ ބުނަމުންނެވެ. އެއީ އެތަނުގައި ކަށިތައް ކަމަށް ސިފަވާ އިތުރު ތަކެތިވެސް އެއްތަނެއްގައި ހުރިކަން ފޮޓޯއިން ހާމަވާތީއެވެ.
ނަމަވެސް މިކަމާއި ގުޅިގެން ބައެއް ތަޖުރިބާކާރުން ބުނެފައިވަނީ، ދުނިޔެ ނޫން އެހެން ގުރަހަތަކުން މީގެ ކުރިންވެސް ތަފާތު ތަކެތި ސިފަވާކަމަށެވެ. ފެންނަ ފެނުމަށް ސިފަވާ އެފަދަ ތަކެއްޗަކީ ހަޤީޤަތެއް ނޫންކަމަށާއި، އެއީ ގިނިހިލައެއްގެ ސަބަބުން ނުވަތަ ގަދަވަޔާއި އެނޫންވެސް ގުދުރަތީ ކަމެއްގެ ސަބަބުން، ވެއްޔާއި ހިލަ އެކުވެ ހެދިފައި ހުންނަ ތަންތަނަށް ވެދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.
ދުނިޔެއާއި އެންމެ ގާތުން ދެވަނައަށް އޮންނަ މިއްރީޚު އަކީ ދުނިޔެއާއި އެއްފަދަ ނޫނަސް ދުނިޔޭގެ ބައެއް ސިފަތައް ލިބިގެންވާ ގުރަހައެކެވެ. ދުނިޔެއާއި 225 މިލިއަން ކިލޯމީޓަރު ދުރުގައިވާ މިއްރީޚުގެ ތަހުލީލުތައް ކުރުމަށް މިހާރު އެ ގުރަހައިގެ ބިމުގައި ހަރަކާތްތެރިވާ އުޅަދު، "ކިއުރިއޯސިޓީ" އެ ގުރަހައިގެ އެންމެ ފަހުގެ މަޢުލޫމާތާއި ފޮޓޯތައް ދުނިޔެއަށް ފޮނުވަމުން ދާއިރު، 2025 ވަނަ އަހަރުގައި އެ ގުރަހައަށް ދަތުރު ކުރުމަށް ނާސާގެ އެސްޓްރޮނޯޓުން ދަނީ ތައްޔާރުވަމުންނެވެ.
މިއްރީޚުއަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނެއްކަމަށާއި އިންސާނުން އެ ގުރަހައިގައި ދިރިއުޅޭ ދުވަސް ލަސްތަކެއް ނުވެ ފެންނާނެ ކަމަށް ސައިންސްވެރިން ބުނާއިރު، މިއްރީޚުގައި ހެދިފައި ހުރި ބޮޑެތި ވަޅުގަނޑުތަކާއި ފަރުބަދަތަކުގެ މަތީ ފަށަލައިގައި ކޮންމެވެސް ވަރަކަށް، ދިރުންތަކަށް އެންމެ މުޙިންމު އެއް ބައި ކަމަށްވާ ފެން ހުރިކަން ކަށަވަރު ކުރެވޭ ހެކިތައް ސައިންސްވެރިން ދާދިފަހުން ވަނީ ހޯދާފައެވެ.
އޭލިއަނުން ފެންނަނީ މުޅިންވެސް އިނގިރޭސި ވިލާތަށާއި އެމެރިކާއަށް...
ކިހިނެއް އިންގެނީ އިންސާނުން ކުރިން އުޅުނީ ވީނަސްގަ ނޫންކަމެއް. ހޫނު ގަދަވެގެން ދުނިޔެއަށް އައީ ނޫން ކަމެއް. ? ދުނިޔެއިން މާރސް އަށް ދާން ވެފަ މިއޮތީ
ވީނަސް އެއް ނޫން މާސް
ތީ ގެރި މޯދީގެ ގެރިކަލާނގެ ބޯތައް.
އިންޑިއާ މީހުނަށް ފެންނާނީ އޭލިއަނުން މަރުވީމަ އަންދަން ހަދާފަ ހުންނަ ފައްޅި ތަކާއި އަޅި ތައް !
އަންނި އަށް ވެސް ފެންނާަނެ
އުގައިލް ގެންދަން ފެނޭ އެއީ އޭލިޔަނުންތޯ ޔަގީން ކުރަން
ފޮޓޯއިން އެފެންނަނީ އެއްވެސް އެއްޗެއް ނޫން، އަދި ކިހިނެތް އިނގޭނީ މިއީ އަސްލު ފޮޓޯއެއް ކަމެއްވެސް، އެމެރިކާ މީހުން ވަރަށް ފޭކު ކަންތައް ކުރާނެ ބާރު ގަދަ މޮޅު ބައެއްކަން ދައްކަން. މިމީހުން ބަންދުކޮށްގެން މި ގެންގުޅޭ އެރިއާ 51 މިއީ މިކަހަލަ ކަންކަން ކުރަން ބޭނުންކުރާ ތަނެއްކަން ނޭގެ އެއްނުން.
އޭލިއަން ފާބަނީ މަބޮލަށް އަންނަގަ ދިރާސާކުރަން
އެމީހުން އޭލިއަންގެ ނަންދީގެން އެއުޅެނީ ޖިންނީންނަށް އާ ނަމެއް ކީމާ އިސްލާމް ދީނުގެ އައިސްފަވާ ކަމކަށް ނުވާނެތާ އަޖައިބު ޖިންނި ވާ ކަމަށް ގަަބޫލެއް ނުކުރާނަމޯ އެކމަކު އޭލިއަން ވެޔޯ ޔަހޫދީންތައް ކިޔާފާނެ ކޮންމެފަދަ އެއްޗެއްވެސް
އޭލިއެނުންނަނޚި ޖިންނީން ، އެއީ ﷲ ސުބުހާނަހޫ ވަތައާލާ އިންސާނުން ފަދައިން އުފެއްދަވާފައިވާ ބައެއް ، ޚާއްސަ ސިފަތަކަކާއި ރޫހާނީ ބާރުތަކެއްލިބިގެންވާ އަލިފާނުން އުފެއްދެވި ބައެއް ، ވީމާ ކޮންމެވެސް ގުރަހައެއްގައި އެބައިމީހުން އުޅުމަކީ ނުވާނެކަމެއްނޫން
ތިޔަ އީ އޭލިއަން ކަން ވެސް އިނގޭނީ އޭލިއަން ފެނުނުބަޔަކަށް! ހަމަގައިމު ވެސް ސުވޭދާ އަށް ފެނުނީ ތޮރައެއް!
ހެހޭ:މިތިބަ ގަމާރު ސައިންސިސްޓިންތަކާއޭ
އެފެއްނަނީ ހިލަތަކެއް ކަށިތަކެއްގެސފާއިގަ!
ކަލޭމެން އޭލިއަނުންނާއި ހެދީ މޮޔަވިޔަސް ތީ ބޮޑުވަރު.
އޭލިއަން އަކީ އަސްލު އުޅޭ އެއްޘެއެއްނޫން